ޚަބަރު
ޤުރުއާން ހިތުދަސްކުރުމުގެ ޕުރޮގުރާމް “ހުއްފާޒު” ލ.މާވަށުގައި އިފްތިތާޙުކޮށްފި

އިލުމިނޭޓް ލާމު މޫވްމެންޓް (ޢިލްމު)ގެ ހުއްފާޒު ޕުރޮގުރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ލ.މާވަށުގައި ބާއްވައިފިއެވެ. ހުއްފާޒު އިފްތިތާހު ކުރުމުގެ ގޮތުން ލ،މާވަށުގައި ތިބި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބެލެނެވެރިންނަށް އަމާޒުކޮށްގެން ހުއްފާޒު ޕުރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތް ބައިވެރިންނަށް ކިޔައިދިނުމާއި ޤުރުއާން ހިފުޒުކުރުމުގެ އުކުޅުތައް ދަރިވަރުންނަށް ކިޔައިދިނުންއޮތެވެ.

ލ.މާވަށުގައި ހުއްފާޒު ޕުރޮގުރާމް ހިންގާނީ ނޫރުލްޤުުރުއާން 20 އާއި ގުޅިގެންނެވެ. އެގޮތުން ޢިލްމް ޖަމިއްޔާގެ އިސްވެރިންވަނީ އެ ޤުރުއާން ކުލާހަށް ޒިޔާރަތްކޮށް ޤުރުއާން ކުލާހުގެ ވެރިފަރާތާއި ބައްދަލުކޮށް ދިމާވާ ދަތިތަށް އޮޅުންފިލުވާފައެވެ. އަދި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި މެދު މަޝްވަރާވަނީ ކުރެވިފައެވެ.

މިދިޔަ ހަފްތާގައިވަނީ ލ،މާމެންދޫގެ ޕުރޮގުރާމްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބޭއްވިފައެވެ. ހުއްފާޒު ޕްރޮޖެކްޓްގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ލާމު އަތޮޅުން 10 ހާފިޒުން އުފެއްދުމެވެ.

ހުއްފާޒު ޕުރޮގުރާމް ލ.މާވަށުގައި ފެށުމުގައި ލ.މާވަށުގެ ބިނާ ޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރާކަމުގައި ޢިލްމް ޖަމިއްޔާއިން ހާމަކުރެއެވެ. އެގޮތުން ބިނާ ޖަމިއްޔާ އާއި ޢިލްމް ޖަމިއްޔާއިން ތަޖުރިބާ ހިއްސާކުރުމުގެ އިވެންޓެއްްވަނީ ބޭއްވިފައެވެ. އޭގެއިތުރުން ޢިލްމްޖަމިއްޔާ އާއި ބިނާ ޖަމިއްޔާއިން ވަނީ ލ،މާވަށުގެ ކައުންސިލާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ޢިލްމް ޖަމިއްޔާއިން ލ،މާވަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހުއްފާޒް ޕުރޮގުރާމާއި ބިނާ ޖަމިއްޔާއިން ކައުންސިލާއި ގުޅިގެން ކުރިއަށްގެންދިޔުމަށް ރާވާ ހަރަކާތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ލ.މާވަށުގެ ކައުންސިލާއި ބައްދަލުކޮށްލުމަށް ދެއްވި ފަހި ފުރުސަތު ދެ ޖަމިއްޔާގެ ފަރާތުން ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.

 

 

 

0