ޚަބަރު
ޒުވާން ޢުމުރު ހޭދަކުރި ގޮތާމެދު ތިޔަ ލޮބުވެތި ޒުވާނުންނާއި ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ – ޚުތުބާ

މިއަދުގެ ހުުކުރު ޚުތުބާގައި ޒުވާން ޢުމުރު ހޭދަކުރި ގޮތާމެދު ތިޔަ ލޮބުވެތި ޒުވާނުންނާއި ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަމަށް ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ ” ޒުވާން ޢުމުރު ހޭދަކުރި ގޮތާމެދު ތިޔަ ލޮބުވެތި ޒުވާނުންނާއި ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހަކުން ދޭނެ ޖަވާބަކަށް މިއަދު ތައްޔާރުވާން ޖެހޭނެއެވެ. ތިޔަ ޒުވާނާއަށް ދުޅަހެޔޮ ޞިއްޙަތެއް ﷲ މިންވަރު ނުކުރައްވާ ހެއްޔެވެ؟ އަދި ތިބާއަށް ﷲ، ރިޒުޤު ތަނަވަސް ކޮށް ނުދެއްވާ ހެއްޔެވެ؟ މިދުނިޔޭގެ އުފާ ލިބިގަތުމަށް ފުރުޞަތު ނުދެއްވާ ހެއްޔެވެ؟ މި ނިޢުމަތްތަކަށް ޝުކުރުވެރިވާކަށް ނުޖެހޭ ހެއްޔެވެ؟ އެހެންކަމުން ކޮންމެ މީހަކުވެސް މަރުވާނޭކަން ދަނެ، ތިމާގެ އަމިއްލަ ނަފުސަށް ރައްކާތެރިވެ މުޙާސަބާކޮށް ތިމާގެ އީމާންކަމުގެ ވިންދުހުރީ ކިހާ މިންވަރަކަށްތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ތިމާގެ ހިތުގައި މާތް އަށާއި، އެކަލާނގެ ރަސޫލާ صلى الله عليه وسلمއަށްޓަކައި އުފެދިފައި ވަނީ ކިހާ މަތިވެރި ލޯތްބަކާއި ކިޔަމަންތެރި ކަމެއްތޯބަލައި، މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ޢަމަލުކުރެވޭ މިންވަރު ބެލުމަކީ މީހާ ހެޔޮކަންތަކާ ވިފަރާތަށް ގެންދިއުމުގެ ބާރެކެވެ.”

އިސްލާމްދީންގެ ފުރިހަމަކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވެފައިވަނީ ” އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީންކަމާ މެދު ސުވާލު އުފެއްދުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އިންސާނެއްގެ ދިރިއުޅުގައި ކަންތައްތައް ކުރަންވާ ހުރިހާ ގޮތްތަކެއް އިސްލާމް ދީނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ ކިތަންމެ ކުޑަ އަދި ކިތަންމެ ބޮޑު ކަމެއް ކަމުގައި ވީނަމަވެސް އެކަމުގައި ޢަމަލުކުރަންވީ ގޮތް ބަޔާން ނުކުރައްވައި ދޫކުރައްވާފައެއް ނުވެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން ފެންނަމުން ދަނީ އިސްލާމީ ރިވެތި އަޚްލާޤާއި އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތުމުން ނުދާ މަންޒަރެވެ. އިޖްތިމާޢީ ފޭރާން ވީދި ހަލާކުވަމުންދާ ހިތާމަވެރި މަންޒަރެވެ. މިއީ އަޅުގަނޑުމެން އަމިއްލައަށް ކުރި ޢަމަލުތަކެއްގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކަންތައްތަކެވެ.”

 

0