ނަޞޭޙަތާއި އިރުޝާދު
ތިބާގެ އީމާންކަން ފުރިހަމަކުރަން ބޭނުންތަ؟

ރަސޫލު ﷲ ﷺ ގެ ޚާދިމް، އަބޫ ޙަމްޒާ އަނަސް ބިން މާލިކު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ:

”ތިބާގެ އަމިއްލަ ނަފްސަށް (ލިބުމަށް) ލޯބި ކުރާ ކަންތައް ތިބާގެ އަޚާއަށް ވެސް (ލިބުމަށް) ލޯބި ކޮށްފުމަށް ދާންދެން، ތިޔަބައިމީހުން ކުރެ އެކަކު ވެސް (ޙަޤީޤީ ފުރިހަމަ ގޮތުގައި) އީމާންވީ ކަމުގައެއް ނުވާނެއެވެ.“رَوَاهُ الْبُخَارِيُّ [0013]، وَمُسْلِمٌ [0045]

އެއްވެސް ޝައްކެއްނެތް ގޮތުގައި އަހަރެމެން މުސްލިމުންނަށް ވީތީ ތިމާއަށް މޮޅުގޮތް ވާން އެދޭ ފަދައިން ތިބާގެ އަޚާ ނުވަތަ އުޚްތުންނަށްވެސް ރަނގަޅުގޮތް ވުމަށް އެދެން ޖެހެއެވެ.
ހިތާމަ އާއި އެކު ދަންނަވާލަން ޖެހެނީ އަދުގެ މުޖުތަމައުގެ ގިނަ މީހުންގެ ކިބައިން ފެނިގެންދަނީ އޭނާގެ އަޚާ އޭނާއަށްވުރެ ކުރިއަރައި މޮޅުމީހަކަށް ވެދާނެތީ އަބަދުވެސް އަނެކާ ދަށްކޮށްލަން މަސައްކަތް ކުރަމުން ދާމަންޒަރެވެ.
ތިބާ އަނެކާއަށް ހަސަދަވެރި ވެވެނީ ހަޤީގަތުގައި ތިބާ އަމިއްލަ ނަފްސަށްކުރާ އިތުބާރު ކުޑަވީމައެވެ.
އަބަދުވެސް ބަލަންވީ ﷲ އަށް އިތުބާރުކޮށް ދިރިއުޅުމުގަ ހިތްވަރާއިއެކު ކުރިއަށް ދެވޭތޯއެވެ. އަދި އަނެކުންނަށްވެސް ހެޔޮދުޢާ ކުރެވޭތޯއެވެ.

0