ޝައިޠާނާއަކީ އަޅުގަނޑުމެންގެ ޢަދުއްވެކެވެ. އެނުބައި ނުލަފާ ޢަދުއްވުގެ ކިބައިން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިން ރައްކާތެރިވެ ތިބުމަކީ އަޅުގަޑުމެން ނުހަނު ބޭނުންވާ ކަމެކެވެ.
ދަރިން އުފަންވުމުގެ ކުރިން އެދަރިން ޝައިޠާނާގެ ކިބައިން ރައްކާތެރިކުރުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް ނަބިއްޔާ ﷺ ވަނީ ދަސްކޮށްދެއްވާފައެވެ.
ރަސޫލުﷲ ﷺ އިރުޝާދު ދެއްވާފައިވަނީ އެއްދާންކުރުމުގެ ކުރިން އަންނަނިވި ދުޢާ ކިޔުމަށެވެ.
”اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا “
މާނައީ: “ ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ! “
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”މިފަދައިން ދުޢާކުރުމަށްފަހު އެއްދާންކުރުމުން ދަރިއަކު ދެއްވައިފި ނަމަ ދުވަހަކުވެސް ޝައިޠާނަކަށް އެކުއްޖާއަށް ގެއްލުމެއް ނުދެވޭނެއެވެ.“ (މިޙަދީޘް ޞަޙީޙުލް ބުޚާރީއާއި މުސްލިމްގައި އައިސްފައި ވެއެވެ.)