ނަޞޭޙަތާއި އިރުޝާދު
ތަނަކަށް ތަދުވާނަމަ މިދުޢާ ކިޔާލާ!

މާތްﷲ ރުއްސުން ލެއްވި عبد الله عثمان بن أبي العاص (رضي الله عنه) ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ހަށިކޮޅުގެ ތަނެއްގައި ރިއްސާތީ ކީރިތި ރަސޫލާ صلى الله عليه وسلم އަރިހުގައި ދެންނެވުުމުން ހަދީޘްކުރެއްވިއެވެ. 

“ހަށިގަޑުން ތަދުވާތާ އަތްއަޅާ 3 ފަހަރު بِاسْمِ اللَّهِ ކިޔާށެވެ. އަދި ‏ أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ  މިފަދައިން7 ފަހަރު ކިޔާށެވެ.” ‏‏(‏رواه مسلم‏)‏‏.‏

މި ދުޢާގެ މާނައީ: “މިއަޅާއަށް އިޙްސާސް މިވާ ކަންތަކާއި, މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން, މާތް الله އާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން ހޯދަމެވެ.”

މި ޙަދީޘްގެ ރާވީ ވިދާޅުވިއެވެ. “އަޅުގަނޑު މިގޮތައް ކަންތައް ކުރުމުން އަޅުގަޑުގެ ގައިގާވާ އެ ރިހުން ފިލައިގެން ދިޔައެވެ. ދެން އަޅުގަނޑުގެ އަނބިދަރިންނާއި އެހެންމީހުންނަށް (ތަނަކަށް ތަދުވާނަމަ) މިގޮތައް ކަންތައް ކުރުމަށް އަމުރުކޮށް ހެދީމެވެ.” ރިވާކުރެއްވީ އަބީ ދާވޫދު އަދި އައްތިރްމިޛީ  (އަލްބާނީ ޞައްޙަކަމުގައި ވިދާޅުވި)

31