ނަޞޭޙަތާއި އިރުޝާދު
ދުންޔަވީ ޙަޔާތުގެ އުފަލާއި އަރާމާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށްގެން

ޙަޤީޤީ ކާމިޔާބީ އާއި ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނާގައި އީމާންވުމުންނެވެ. މި އީމާންކަމަކީ އިސްލާމްދީނުގެ އަސާސެވެ. އެހެންކަމުން ދުންޔަވީ ޙަޔާތުގެ އުފަލާއި އަރާމާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެންނެވެ. މާއްދިއްޔަތުގެ ތެރެއަށް ގޮސް ހުސްވެފައިވާ، މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ، ނުބައިމަގުން ދެވުމަކީ ވަރަށް ގާތް ކަމެކެވެ. އަދި މީހާގެ އުޅުމާއި ޢަމަލުތަކުގެ ސަބަބުން ވެސް އީމާންކަން ބަލިކަށިވެގެންދެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢު އިޞްލާޙުކޮށް، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާޙިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ ޢަޤީދާ އާއި އީމާންކަން ވަރުގަދަކޮށް، ﷲ އަށް ފުރިހަމައަށް އީމާންވެ، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެގެންނެވެ. މާތް ﷲ ގެ ޙަޟްރަތަށް ރުޖޫއަވެ، އަޅާއާ އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެވިގެންނެވެ.

0