އަހަރެންގެ ރައްޓެއްސެއް ކިޔައިދިނެވެ. “އެއްދުވަހަކު އަހަރެން ޔުނިވަރސިޓީއަށް ދަނިކޮށް އިޙްރާމް އަޅައިގެން ހުރި މީހަކާ ދިމާވިއެވެ. އޭނާ އަހަރެންގާތު އެދުނީ ޕޮލިޝް ސްޓޭޝައަށް ގެންގޮސް ދިނުމަށެވެ. ޔުނިވަރސިޓީ އަށް މިދަނީ ގަޑިޖެހިގެން ކަމާއި، ޕޮލިޝްޓޭޝަނަށް ދާނެހާ ވަގުތު ނެތް ކަމަށް އޭނާ ކައިރީގައި ބުނީމެވެ. އެހެން ނަމަވެސް އިޙްރާމް އަޅައިގެން ހުރިމީހާގެ ޙާލަތަށް ވިސްނާފައި އަހަރެން އޭނަ ގޮވައިގެން ޕޮލިޝްޓޭޝަނަށް ދާން ނައްޓާލީމެވެ.
ފުލުހުންގެ މަރުކަޒަށް ދިޔަމަގުމަތީގައި އޭނާ އަހަރެންކައިރީގައި ބުންޏެވެ. “އަހަރެން މިހުރީ ވަރަށް ވަރުބަލިވެފަ” މިހެން ބުނިތަނާ އޭނާ އަށް ރޮވެން ފެށުނެވެ. ރޮމުން އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.” މިދިޔަ ތިން ދުވަހު އަހަރެން މިއުޅުނީ މަގުމަތީގަައި އެހެން މީހުންނަށް ސަލާން ޖަހަމުން…އަހަރެން ޢުމްރާ ކުރަނިކޮށް މީހަކު އަހަރެންގެ ދަބަސް ޖަހައިގަތީ… އަހަރެންގެ ވޮލެޓާއި، މޯބައިލް ފޯނާއި އަދި ޕާސްޕޯޓުވެސް ވީ އެދަބަހުގައި.. ” އޭނާ ހުރީ އިންތިހާއަށް މާޔޫސްވެ، ގޮތްހުސްވެފައެވެ.
ﷲ ތަޢާލާއަށް ދުޢާ ކޮށް، އެކަލާނގެ ޙަޟްރަތުން އެމުސީބާތުން ސަލާމަތްކޮށް ދެއްވުންއެދި ދުޢާ ކުރުމަށް އަހަރެން އޭނާއަށް ހިތްވަރުދީ ނަސޭހަތްތެރިވީމެވެ. .ދެން އަހަރެން އޭނާ އަށް 83 ރިޔާލް ދިނީމެވެ. އޭރު އަހަރެންގެ އަތުގައި އޮތީވެސް 83 ރިޔާލެވެ. ޕޮލިޝް ސްޓޭޝަނަށް ދެވުމާއި އެކު އިޙްރާމް އަޅައިިގެންހުރިމީހާ އަހަރެންނަށް ޝުކުރު އަދާކުރުމަށް ފަހު ކާރުން ފޭބި އެވެ.
އޭގެ ދެހަފުތާ ފަހެވެ. އެދުވަހު ނެގި ޓެސްޓުގެ ނަތީޖާ ލިިބިއްޖެ އެވެ. އެދުވަހުގެ ޓެސްޓު ވަރަށް އުނދަގުލެވެ. ގިނަ ސުވާލުތަކަށް އަހަރެން ޖަވާބެއްވެސް ނުދެމެވެ. އެ މާއްދާއިން އަހަރެން ފާސް ނުވާނެ ވާހަކަ މައިންބަފައިންގެ ގާތުގައިވެސް ބުނީމެވެ. ކޮންމެއަކަސް ޔުނިވަރސިޓީގެ ވެބްސައިޓަށް ވަދެ، އަހަރެން ނަތީޖާ ބެލީމެވެ. އަހަރެނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެމާއްދާއިން އަހަރެންނަށް ލިބިފައި އިނީ 83 މާކުހެވެ. ޓެސްޓު އޮތްދުވަހު އަހަރެންނާއި ދިމާވި ޙާލުގައި ޖެހިފަހުރި މީހާއަށްދިނީ 83 ރިޔާލެވެ. އެދުވަހުއޮތް ޓެސްޓުން އަހަރެންނަށް ލިބިފައިމިއޮތީވެސް 83 މާކުހެވެ. މިއީ ކޮންފަދަ އިއްތިފާޤެއް ހެއްޔެވެ؟ ޙާލުގައި ޖެހިފައިވާ މިހާއަށް އެދުވަހު އަހަރެންވީ އެހީގެ ހެޔޮޖަޒާ އަހަރެންނަށް ދުނިޔެމަތީގައިވެސް މިވަނީ ދެއްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” ހަމަ ކަށަވަރުން ﷲ ގެ ރަޙްމަތްފުޅު ވަނީ އިޙްސާންތެރިންނާއި ގާތުގައެވެ.” ސޫރަތުލް އަޢުރާފް 56 ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.”އަޅާ އޭނާގެ އަޙާއަށް އެހީތެރިވުން މަތީގައި ދެމިހުންނަހާ ހިނދަކު ﷲތަޢާލާ އެ އަޅާއަށް އެހީތެރިވުން މަތީގައި ދެމިވޮޑިގެން ވާނެއެވެ.”