ރަމަޟާން
މާނަ ރީތި ދުޢާއެއް

رسول الله صلّى الله عليه وسلّم ނަމާދަށް ހަށަމްބަންނަވައި ދުޢާއުލްއިސްތިފްތާޙުގައި ވިދާޅުވެފައިވެއެވެ.

” اللَّهُمَّ بَاعِدْبَيْنِي وَبَيْنَ خَطَايَايَ كَمَابَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ اللَّهُمَّ نَقِّنِيْ مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ اللَّهُمَّ اغْسِلْنِيْ مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ ” (رواه الجماعة إلاّ الترمذي)

މާނައީ: ” އޭހައްދަވާ ބޮޑުކުރެއްވިރަސްކަލާކޮ! އިރުއަރާފަރާތާއި އިރުއޮއްސޭފަރާތާދެމެދު، އިބަﷲ ދުރުކުރެއްވި ފަދައިން މިއަޅާއާއި މިއަޅާގެފާފަތަކާދެމެދު ދުރުކޮށްދެއްވާނދޭވެ! އޭހައްދަވާ ބޮޑުކުރެއްވިރަސްކަލާކޮ! ހުދުހެދުން މިލައިން ސާފުކުރެވޭފަދައިން މިއަޅާގެ ފާފަތަކުން މިއަޅާ ސާފުކޮށްދެއްވާނދޭވެ! އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ސުނޯއާއި، ފެނާއި، ގަނޑުފެނުގެ ޒަރީޢާއިން މިއަޅާ، މިއަޅާގެފާފަތަކުން ސާފުކޮށްދެއްވާނދޭވެ!”

މިފަދަ ދުޢާތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްމަގުގެ ފަށުވިކަމާއި ފަޞާޙާތްތެރިކަން ކިތަންމެ ރަނގަޅަށްވެސް ދޭހަވެއެވެ.

(މަސްދަރު: ދިސަލަފިއްޔާ)

0