Uncategorized
ކުރުވާހަކަ: އަހަރެންނާއި ފަހަރި

އަހަރެން އާއި އަހަރެންގެ ދޮންބެ ގެ އަނބިމީހާ ވަރަށް ގިނަ ކަންކަމާއި އަރާރުންވާންޖެހެއެވެ. އަރާރުންވުންތައް އިތުރުވެ، އެކަކު އަނެކަކަށް ޖެއްސުންކުރާ ހިސާބަށް ކަންތައް ދިޔުމުން، މަންމަމެން ނަޞޭޙަތްވެސް ދިނެވެ. އެކަމަކު މިކަމުންވެސް އަހަރެމެންގެ ދެމެދުގައި ‘ރޯވެފައިވާ އަލިފާންގަނޑުގެ ގިނި’ މަޑުވާގޮތެއް ނުވިއެވެ.

އޭގެ ހަފުތާއެއް ފަހެވެ. ފަހަރިގެ މިޒާޖު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. އަހަރެން ފަހަރިއަށް ޖެއްސުންކުރާ ފަހަރުތަކުގައި ބަދަލުހިފުން މުޅިން ހުއްޓާލިއެވެ. ޔުނިވަރސިޓީގެ ކޯހަށް ފީ ދައްކަން ދިޔަ ދުވަހެއްގައި އަހަރެން އަތުގައި ހަމައަށް ލާރި ނެތުމުން އެ ބައި ދައްކައިދިނީވެސް ފަހަރިއެވެ. އެހެންމީހަކު އަހަރެންގެ ގޯސް ވާހަކަ ފަހަރި ގާތު ދެއްކިޔަސް، ނުވާހަކަ އެއް ދައްކާ މައުޟޫ ބަދަލުކޮށްލައެވެ.

ވަރަށް ލަދުންހުރެ އެއްދުވަހަކު މިފަދަ ބޮޑު ބަދަލެއް ފަހަރިގެ މިޒާޖަށް އައީ ކީއްވެތޯ ސުވާލުކުރީމެވެ. ފަހަރި ޖަވާބުދިނެވެ. ދެ މީހުންގެ ހިތް އެކުވެރި ކޮށްދެއްވާތޯ ދުޢާ ކުރަމުންދަނިކޮށް، އެއްދުވަހަކު ރައްޓެއްސަކު ފޮނުވި މެސެޖަކުން މި މައްސަލަތައް ޙައްލު ކުރާނެގޮތް އެނގިގެންދިޔައެވެ. އެ މެސެޖުގައިވަނީ ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތެވެ.

﴿ وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴾

“ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ.”

0