ނަޞޭޙަތާއި އިރުޝާދު
ޙާޖަތްތައް ފުއްދަވައިދެއްވުން އެދި ކުރެވިދާނެ 4 ދުޢާއެއް

1. ﴿رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا﴾ سورة الكهف ۱٠
މާނައީ: “އަޅަމެންގެ ވެރިރައްބެވެ. އިބައިލާހުގެ ހަޟުރަތުން އަޅަމެންނަށް ރަހުމަތެއް ދެއްވާނދޭވެ. އަދި އަޅަމެންގެ ކަންތައް ފަސޭހަކޮށްދެއްވާނދޭވެ.”

2. ﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ سورة القصص ۲٤
މާނައީ: “މިއަޅާގެ ވެރިރައްބެވެ. ހެޔޮކަންކަމުގެ ތެރެއިން މިއަޅާގެ މައްޗަށް ބާވައިލަނިވި ކޮންމެ ކަމަކަށް މިއަޅާވަނީ ބޭނުންވެގެންނެވެ.”

3. اَللَّهُمَّ لَا تَدَعْ لَنَا ذَنْبًا إِلَّا غَفَرْتَهُ وَلَا عَيْبًا إِلَّا سَتَرْتَهُ وَلَا هَمًّا إِلَّا فَرَّجْته وَلَا دَيْنًا إِلَّا قَضَيْتَهُ وَلَا حَاجَة مِنْ حَوَائِجِ الدُّنْيَا وَالآخِرَة هِيَ لَكَ رِضًا وَلنا فِيهَا صَلَاحٌ إِلَّا قَضَيْتَها يَا أَرْحَم الرَّاحِمِينَ
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅަމެންނަށްޓަކައި އަޅަމެންގެ ފާފަތަކުގެ ތެރެއިން އެއްވެސް ފާފައެއް ނުފުއްސަވާ ދޫނުކުރައްވާނދޭވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅަމެންނަށްޓަކައި އަޅަމެންގެ ޢައިބުތަކުގެ ތެރެއިން އެއްވެސް ޢައިބެއް ނުފޮރުއްވާ ދޫނުކުރައްވާނދޭވެ. އަދި އަޅަމެންނަށްޓަކައި އަޅަމެންގެ ކަންބޮޑުވުންތަކުގެ ތެރެއިން އެއްވެސް ކަންބޮޑުވުމެއް ނުފިއްލަވާ ދޫނުކުރައްވާނދޭވެ. އަދި އަޅަމެންނަށްޓަކައި އަޅަމެންގެ ދަރަނިތަކުގެ ތެރެއިން އެއްވެސް ދަރަންޏެއް އަދާނުކޮށްދެއްވާ ދޫނުކުރައްވާނދޭވެ. އަދި އަޅަމެންނަށްޓަކައި އަޅަމެންގެ ދުނިޔެއާއި އާޚިރަތުގެ ބޭނުންތަކުގެ ތެރެއިން އެއްވެސް (އެކަމެއްގައި އަޅަމެންގެ މަޞްލަޙަތުހުރި، އަދި އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާ މަގާއި ކަސިޔާރުނުވާ) ބޭނުމެއް ނުފުއްދަވާ ދޫނުކުރައްވާނދޭވެ.
އޭ އެންމެ އޯގާވަންތަ ރަސްކަލާކޯއެވެ.
4. (اللَّهُمَّ لاَسَهْلَ إِلاَّمَا جَعَلْتَهُ سَهْلاَ وَأَنْتَ تَجْعَلُ الْحُزْنَ إِذَاشِئْتَ سَهْلاً)
މާނައީ: އޭ އިލާހުވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ ފަސޭހަކޮށްދެއްވި ކަމެއްމެނުވީ ފަސޭހްކަމެއް ނުވެއެވެ. އިބަރަސްކަލާނގެ އެދިވޮޑިގެންފިނަމަ އުނދަގޫކަމެއް ލުއިފަސޭހަ ކަމަކަށް ބަދަލުކޮށްދެއްވަމުއެވެ.

0