ބޭނުންވާ ތަކެތި:
8 ކަރަންފޫ
8 އޮށް އަސޭމިރުސް
3 އިންޗި ފޮނިތޮށި
15 ކާފޫރުތޮޅި
1 ސަމުސާ ގޭނި ރޯއިނގުރު
1 ދަޅު ގެރިކިރު ( ކޮންޑެންސްޑް )
3 ޕެކެޓް ސައިފަތް
6 ޖޯޑު ފެން
ހަދާނެގޮތް:
ފުރަތަމަ ކަރަންފޫ، އަސޭމިރުސް، ކާފޫރުތޮޅި އަދި ފޮނިތޮށި ކުޑަ ވަނަކަށް އަޅާފައި ކުޑަކޮށް މި “ބަހޭރު” ތަޅާލާށެވެ. ދެން ފެން އުދާފައި ކެކެން ކައިރިވީމާ ތަޅާފައިހުރި “ބަހޭރު” އަޅާފައި ކުޑަކޮށް ކައްކާލުމަށްފަހު، ގޭނި އިނގުރުކޮޅު އަޅާށެވެ. ދެން 3 ޕެކެޓް ސައިފަތް އަޅާފައި ކުޑަ އިރުކޮޅަކުން ގެރިކިރު އަޅާށެވެ. ދެން ކުޑަކޮށް ކައްކާލާފައި ބާލާށެވެ. މިހާރު އެހުރީ ސޫރު ސައި ހެދިފައެވެ.
ސޫރު ސަޔަކީ އޮމާން ގެ ސޫރު (Sur) ގައި ކައްކާ، ވަރަށް މީރު “ކަރަކް ޝައި” ގެ ވައްތަރެކެވެ.