ރަމަޟާން
ނަރަކަވަންތަވެރިންގެ ޢަޛާބު ބޮޑުކުރެއްވުމަށް އެބައިމީހުން ބޮޑުކުރެއްވޭނެ

އާނއެކެވެ! އެއީ ވޭނާއި ކެކުޅުމާއި ޢަޒާބުގެ ގޮވައްޗެކެވެ. އެއީ ﷲގެ ޢަދާވާތްތެރިންގެ ޖަޒާއެވެ. އާދެ! ނަރަކައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމްވެ ތިބޭ ވަޒަނެއްގެ ގޮތުން އެތަން ހާދަހައި ނުބައިވެގެންވެއެވެ.

ނަރަކައަކީ ވޭންދެނިވި ޢަޛާބުދެއްވުމަށް ތައްޔާރުކުރެވިފައިވާ ތަނަކަށްވާއިރު އެތަނުގައި ދެވޭ ޢަޛާބު ބޮޑުކުރެއްވުމަށްޓަކައި ނަރަކައިގެ އަހުލުވެރިންގެ ހަށިތައް ބޮޑުކުރެވޭނެއެވެ. އެއީ އެބައިމީހުންނަށް ލިބޭ ޢަޛާބުގެ އަސަރު ބޮޑުކުރުމަށްޓަކައެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “‏ضِرْسُ الْكَافِرِ أَوْ نَابُ الْكَافِرِ مِثْلُ أُحُدٍ وَغِلَظُ جِلْدِهِ مَسِيرَةُ ثَلاَثٍ”‏ (ރިވާކުރެއްވީ މުސްލިމް)

މާނައީ: “ކާފިރުމީހާގެ އެތެރޭ ކޮލުދަތް ނުވަތަ މެދުދަތް އުޙުދު ފަރުބަދައާއި އެއްވަރެވެ. އަދި އޭނާގެ ހަންގަނޑުގެ ބޯމިން ތިން ރޭގެ ރާސްތާއާއި އެއްވަރެވެ.”

މާތްﷲ އަޅަމެން ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްކުރަށްވާށިއެވެ!

0