ނަޞޭޙަތާއި އިރުޝާދު
ޙިޖާމާޖެހުމުގެ ބައެއް ފައިދާތައް

ޙިޖާމާޖެހުމުގެ ބައެއް ފައިދާތައް:

  • ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުން.
  • ލޭ ސާފުވުން
  • ހިތުދަސްކުރުމުގެ ބާރު ގަދަވުން
  • އަންނަނިވި ކަންތައްތަކުން ސަލާމަތްވުން.
  • މަސްގުޅަކެއުން
  • ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް.
  • ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް
  • ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް
  • ލޭމަތިވުން
  • މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން
  • ނިދިގިނަވުމާއި ކަންނެތްކަން
  • ހަމުގެ މައްސަލަތައް
  • ޒަޚަމުވެފައިވާތަންތަން ދޮސްގަތުން
  • ވައިއުފެދުމުގެ(ގެސްޓްރިކް) މައްސަލަތައް
  • ކެއްސުން
  • ބަނޑުހަރުވުމާއި ބަނޑުދިޔާވުން
  • ހިތުގެ ބަލިތައް
  • ހަކުރުބަލި
  • ލޮލުގެ ބަލިތައް
  • ވާގިނެތޭބަލި
  • ސިޙުރު

އަދިވެސް އެތައް ފައިދާތަކެއް ޙިޖާމާ ޖެހުމުގައިވެއެވެ. އެކިކަންކަމުން ސަލާމަތްވުމަށްޓަކައި ޙިޖާމާޖަހާނީ އެކިތަންތާގައެވެ. ކޮންމެކަމަކަށްވެސް ޖަހަންވާތަން ހިޖާމާޖަހާނެގޮތް ކިޔަވައިގެންތިއްބަވާ ބޭފުޅުންނަށް އެނގިލައްވާނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙިޖާމާޖެއްސެވީ ކޮންތަނެއްގައި؟

އެކަލޭގެފާނު (ޞައްލަﷲ ޢަލައިހިވަސައްލަމަ) ބޮލާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ޙިޖާމާޖެއްސެވިކަމަށް ޞައްހަކޮށް ސާބިތުވެފައިވެއެވެ. عن أنس أن النبي صلى الله عليه وسلم احتجم في الأخدعين وعلى الكاهل  ” އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ބޮލުގެފަހަތުން ދެކަންފަތް ކައިރިއާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙިޖާމާޖެއްސެވިއެވެ.” عن ابن عباس رضي الله عنهما أن رسول الله صلى الله عليه و سلم احتجم في رأسه  ” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ބޮލުގައި ޙިޖާމާޖެއްސެވިއެވެ.”

0