ނަޞޭޙަތާއި އިރުޝާދު
ހެޔޮ ކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން

ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ޝަރީޢަތުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. އަދި އެއީ ދީނުގެ އެންމެ ވާޖިބުކަން ބޮޑު އެއް ޤަވާޢިދެވެ. އަދި އެއީ އިސްލާމްދީނުގައިވާ ރައްކާތެރިކަން ބޮޑު ކިއްލާއެވެ. އޭގެ ސަބަބުން އުންމަތް ފިތުނަތަކުންނާއި ފާފަތަކުގެ ނުބައިކަމުން ރައްކާތެރިވެއެވެ. އަދި ޝައިޠާނާގެ ލެންބުންތަކުންނާއި ހަވާ ނަފްސުގެ އެދުންތަކުން އެ ރައްކާތެރިކޮށްދެއެވެ. އަދި އެއީ އެކަމެއްގެ ސަބަބުން ދީނުގެ އުޅާތައް ހިފެހެއްޓިގެންދާ ކަމެކެވެ. އޭގެ ސަބަބުން ޢަޤީދާއާއި އަޚްލާޤާއި ސުލޫކު ހިފެހެއްޓެއެވެ. އަދި ނިކަމެތިކަމާއި އިމްތިޙާނުތައް ދުރުކޮށްދެއެވެ.

އުންމަތުގައި ހެޔޮކަންވަނީ އެކަމުގައި ތެދުވުމުންނެވެ. އަދި އޭގެ ސަބަބުން ނިޢުމަތްތައް ރައްކާތެރިވެ، އަމާންކަން ހިފެހެއްޓި، ދުޢާ އިޖާބަވެ، ޢަދާވާތްތެރިންގެ ރޭވުންތަކުން އެއްކިބާވެ އަދި ދަރަޖަތައް އުފުލިގެންދެއެވެ.

އަދި އެކަމުގައިވަނީ މީސްތަކުންނަށް އިޙްސާންތެރިވުމެވެ. އޭގެ ސަބަބުން މުޖުތަމަޢުތަކުގެ އަޚުލާޤީ މިންގަނޑާއި ކަރާމާތް ހިފެހެއްޓެއެވެ. އަދި މުންކަރާތްތައް ވަންހަނާވެ ނިކަމެތިވެގެންދެއެވެ.

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0