ނަޞޭޙަތާއި އިރުޝާދު
ރަޙިމުގެ ގުޅުން ޤާއިމުކުރާނީ ކިހިނެތް؟

ރަޙިމުގެ ގުޅުން ޤާއިމުކުރެވޭނީ އެކަމަށް ސާމާލުކަން ދީގެން އެބައިމީހުންނަށް ޒިޔާރާތްކޮށްގެންނެވެ. އަދި އެބައިމީހުންކުރެ މާތް މީހުންނަށް އިޙްތިރާމުކުރުމާއި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި ދަތިޙާލުގައިވާ މީހުންނަށް ފަސޭހަކޮށްދިނުމާ އަދި އެބައިމީހުންގެ ޙާލުބެލުންވެސް އެކަމުގައި ހިމެނެއެވެ.

މިއަޅުކަން އަދާކުރުމުގައި ޒަމާނީ ވަސީލަތްތަކުން އެހީތެރިކަން ހޯދާށެވެ. ފޯނުކުރުމަކީ ލޯތްބާއި ކުލުނު އިތުރުވެގެންދާކަމެކެވެ. އަދި މެސެޖުކުރުމަކީވެސް އެކަން ދެމެހެއްޓޭކަމެކެވެ. އަދި ސަލާމްފެތުރުމަކީ ގުޅުންތައް އާވެގެންދާކަމެކެވެ. އެގޮތުން ގާތްތިމާގެކަމުގެ ގުޅުން ރަނގަޅުކުރުމަށް ކޮންމެ މުބާހު ވަސީލަތެއްގެ ބޭނުން ހިފާށެވެ. އަދި ގާތްތިމާގެ މީހުންނަށް ދަޢުވަތުދީ އިރުޝާދުދީ ނަސޭޙަތްދިނުމަކީ އެހެންމީހުންނަށް އެކަންކަންކޮށްދިނުމަށް ވުރެ ލާޒިމުކަން ބޮޑުވެގެންވާކެމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ﴾ [سورة الشعراء ٢١٤]

މާނައީ: “ކަލޭގެފާނުގެ އެންމެ ގާތްތިމާގެ ޤަބީލާތަކުގެ މީހުންނަށް އިންޛާރު ކުރައްވާށެވެ!”

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މަސްދަރު: ދިސަލަފިއްޔާ

0