ނަޞޭޙަތާއި އިރުޝާދު
ކުއްޖަކު ވިހެއުމަށްފަހު ހަތްދުވަސް ގުނާ ގޮތް

(ޢަޤީޤާ) ކަތިލާނީ ހަތްވަނަ ދުވަހުއެވެ. އެބަހީ: ހަތްވަނަ ދުވަހު ޢަޤީޤާ ކަތިލުމަކީ ސުންނަތެކެވެ. އެގޮތުން ހޮނިހިރު ދުވަހު ވިހައިފިނަމަ ޢަޤީޤާ ކަތިލާނީ ހުކުރުދުވަހުއެވެ. މިކަމުގެ ޤަވާޢިދަކީ، ދުވަސް ގުނުމުގައި ބަލާނީ ވިހާ ދުވަހުގެ ކުރީ ދުވަހަށެވެ. މިޘާލަކަށް: ބުރާސްފަތި ދުވަހު ވިހައިފިކުއްޖަކަށް ހަތްދުވަސްވާނީ (ފުރަމަތަ ޖެހޭ) ބުދަދުވަހަށެވެ. ދެންހުރި ދުވަސްތައްވެސް މިފަދައެވެ.

ހަތްވަނަ ދުވަހު އެކަން ކުރުމުގެ ޙިކުމަތަކީ ހަތްދުވަސް ވުމުން މުޅިއަހަރުގެ ހުރިހާ ދުވަހެއް ވޭތުކުރުން ފަދައެވެ. އެހެނީ ބުރާސްފަތި ދުވަހު ވިހެއި ކުއްޖަކަށް އޭރުން ވާނީ ބުރާސްފަތި ދުވަހާއި ހުކުރުދުވަހާއި ހޮނިހިރުދުވަހާއި އާދީއްތަ ދުވަހާއި ހޯމަދުވަހާއި އަންގާރަދުވަހާ އަދި ބުދަދުވަސް ވޭތިކުރެވިފައެވެ. (އެގޮތުން މުޅި އަހަރުގައިވެސް އެކުއްޖާ ވޭތި ކުރާނީ މިފަދަ ހަތްދުވަސްތަކެވެ.)

__________________

މަޞްދަރު: الشرح الممتع / لفضيلة الشيخ محمد بن صالح العثيمين – رحمه الله –

0