Uncategorized
ރައީސް ޞާލިޙް ޢިލްމު ޖަމްޢިއްޔާގެ ސްޓޯލްއަށް ޒިޔާރަތްކުރައްވައިފި

މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ ’ހަވަލި‘ ގެ އިލްމު ޖަމްޢިއްޔާގެ ސްޓޯލްއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިފެއަރ އަށް ރައީސް ޞާލިޙު ވަޑައިގެން ޖަމްޢިއްޔާގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ. އަދި މިމަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރުދެއްވިއެވެ.

ޢާއްމުކޮށް ހުޅުވާލެވިގެން ދަރުބާރުގޭގައި ބާއްވަމުން ގެންދާ މި ފެއަރ ގައި ޢިލްމު ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދައްކާލުމާއި ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތުދިނުން ކުރިއަށް ދާނެއެވެ. އަދި ޢިލްމު ޖަމްޢިއްޔާއަށް އެހީވުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުވެސް މު ފެއަރގައި ފޯރުކޮށްދޭނެއެވެ.

މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކުރިއަށްދާ މިފެއަރ ހުޅުވިފައި ހުންނާނީ މެންދުރު ފަހު 13:00 ން 1800 އަށް އަދި ރޭގަނޑު 2000 އިން 2230 އަށެވެ.

0