Uncategorized
އެހީ ޖަމްޢިއްޔާގެ “މީލް އޮން ބޯޑް” ވަރަށް ސަޅި!

އެހީ ޖަމްޢިއްޔާގެ ޙަރަކާތްތަކަކީ އަބަދުވެސް ވަރަށް ތަފާތު އަދި ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިގެން ހިންގާ ޙަރަކާތްތަކެކެވެ. އެގޮތުން މިފަހަރުގެ ޙަރަކާތްވެސް އެފަދައެވެ. މިފަހަރު މިއޮތީ ކޮފީއަށް ނުވަތަ ކާންގޮސް ފަޤީރުންނަށް އެހީވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

 

“މީލް އޮން ބޯޑް”ގެ ނަމުގައި ފެށި މި ޙަރަކާތް ކުރިއަށް ގެންދަނީ މާލޭގެ މެދުގައި ހުންނަ  ޑޯސޭ ކެފޭއާ ގުޅިގެންނެވެ. ޑޯސޭ ކެފޭއިން، ކޮފީއެއް ނުވަތަ ކާއެއްޗެއް ގަންނަ ކޮންމެ މީހަކަށްވެސް ފަޤީރުންނަށް އެހީވުމުގެ ފުރުޞަތު އޮތީ ފަހިވެފައެވެ.

 

ރައްޓެއްސަކާއެކު ކޮފީއަށް ގޮސް ނުވަތަ އާއިލާއާއެކު ކެއުމަކަށް ގޮސް އޯޑަރ ދޭއިރު “މީލް އޮން ބޯޑް”ގެ ތިން އޮޕްޝަންގެ ތެރެއިން އެއް އޮޕްޝަނެއް އިޚްތިޔާރުކޮށްލަންވީއެވެ. އޭރުން 25 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފަޤީރުންނަށް އެހީތެރިވެދެވޭނެއެވެ.

އެހީ ޖަމްޢިއްޔާގެ ‘މީލް އޮން ބޯޑް’ -ފަޤީރުންނަށް އެހީވުމަށް ފަހި ފުޞަތެއް

 

“މީލް އޮން ބޯޑް”ގެ އޮޕްޝަނެއް އިޚްތިޔާރުކޮށް ބިލާއި އެކު މީލް އޮން ބޯޑްގެ ބިލްވެސް ލިބިވަޑައިގަންނަވާނެއެވެ. ޕޭމެޓް ދެއްވުމުން ކޫޕަނެއްވެސް ލިބިވަޑައިގަންނަވާނެއެވެ. މި ކޫޕަންތަށް ކެފޭއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފެންނާނެ ގޮތައް ޑޯސޭ ކެފޭގައި ހަރުކުރެވިފައި ހުންނާނެއެވެ.

މި ހަރަކާތުން ލިބޭ ފައިސާއިން އެހީ ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނަށް އެހީ ޕެކޭޖްތަކައް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

މިޙަރަކާތް ޑޯސޭ ރެސްޓޯރެންޓުން ފެށި ނަމަވެސް މި ޙަރަކާތް އިތުރަށް ފުޅާކޮށް އިތުރު ކެފޭތަކާއި ރެސްޓޯރެންޓް ތަކުގައި ކުރިއަށްގެންދިއުމަށް އެހީ ޖަމްޢިއްޔާއިން ވަނީ ނިންމާފައެވެ.

 

އަޅުގަނޑުމެން ގެ ދުޢާއަކީ މާތް ﷲ އެހީ ޖަމްޢިއްޔާގެ މި މަސައްކަތުގައި ބަރަކާތްލެއްވުމެވެ.

 

0