Uncategorized
އަޅުތަކުން ފަޟީޙަތްނުކޮށް ވަންހަނާކޮށްދޭ މީހަކީ އާޚިރަތް ދުވަހުގެ ރައްކައުތެރިކަމަށް އެދޭމީހެއް: ހުކުރުޚުތުބާ

އަޅުތަކުން ފަޟީޙަތްނުކޮށް ވަންހަނާކޮށްދޭ މީހަކީ އާޚިރަތް ދުވަހުގެ ރައްކައުތެރިކަމަށް އެދޭމީހެއް ކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ،

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” ﷲ ގެ އަޅުތަކުން ފަޟީޙަތްނުކޮށް، އެމީހުންގެ ނުބައި އަމަލުތަށް ވަންހަނާކޮށްދޭ މީހަކީ، ﷲ ދެކެ ބިރުގަންނަ، އާޚިރަތް ދުވަހުގެ ރައްކައުތެރިކަމަށް އެދޭ މީހެކެވެ. މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ޚަބަރުތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި، މުސްލިމުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަތުގައި އޮންނަ މޯބައިލް ފޯނުގެ ޛަރީޢާއިން، މީހުންނަށް ނޭނގޭގޮތަށް، ތަންތަނާއި، މަންޒަރުތަކާއި އަޑުތައް ރެކޯޑްކޮށް، ފިތައިލާ ފިތަކުން އެ ސިއްރުތައް ޢާއްމުކޮށްލާ ހިނދު، އެފަދަ ކަންކަން ކުރާ ކޮންމެ މީހަކުވެސް، ދީނުގައި އައިސްފައިވާ ވަޢީދުތަކާ މެދު ވިސްނައިލާން ޖެހޭނެއެވެ. ކީރިތި ރަސޫލާ ގެ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައި ވަނީ، އަޅުގަނޑުމެންނަށް އޮޅުމަކުން ކުރެވޭ ހަޑި ހުތުރު ޢަމަލުތައްވެސް ވަންހަނާ ކުރުމަށެވެ. ތިމާ އެ ފަދަ ކަންކަން ޢާއްމުކޮށް، ފާޅު ނުކުރާހައި ހިނދަކު، މާތް ﷲ އިންސާނާގެ އެ ފަދަ ޢަމަލުތައް ބޭޒާރު ނުކުރައްވައި، ވަންހަނާކޮށް ދެއްވާނެތެވެ.

 

ފޮރުވައި ވަންހަނާ ކުރުމަކީ މުންކަރާތާއި އެއްކޮޅުވުމެއްނޫންކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ، މުންކަރާތްތަކާ ދެކޮޅުހެދުން ދޫކޮށްލުމެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު މުންކަރާތަކަށް އަރައިގަންނަމުން ދާނަމަ، އޭނާއަށް ނަސޭޙަތް ދިނުން ވާޖިބުވާނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ.  މާނައީ: “މާތް އަޚްލާޤުގެ ވެރީންނަށް ކުރެވޭ ކުށްތަކަށް ތިޔަބައިމީހުން މާފުކުރާށެވެ! ޙައްދުތައް މެނުވީއެވެ.” އެހެނަސް އެ ކުށްތައް އިޢުލާނުކޮށް، ފާޅުކުރާ މީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދާން ޖެހޭނެއެވެ. ފަދަ ޢަމަލުތަކުން މުޖްތަމަޢު ރައްކައުތެރި ކުރުމަށް ޓަކައެވެ. މުޖްތަމަޢު މަތިވެރި އަޚްލާޤުގެ ވެށްޓަކަށް ހެދުމަށް ޓަކައެވެ.”

0