ރިބާގެ ލޯނު އެއްވެސް ބޭފުޅަކު ނުނެންގެވުމަށް ޝެއިޚް ޢަލީ ޒައިދު ގޮވާލައްވާފިއެވެ.
ޝެއިޚް މިހެންވިދާޅުވީ ޝެއިޚުގެ ފޭސްބުކު ޕޭޖްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް އިތުރަށް ލިޔުއްވާފައިވަނީ ” ރިބާގެ ލޯނު އެއްވެސް ބޭފުޅަކު ނުނެންގެވުން އެދެން. ކަނޑައެޅިގެން ހަރާމް! ވިޔަފާރިއެއް ފަށަންވިޔަސް، މި ރިބާގެ ލޯނު ނުނަންގަވާ! އަދި މިފަދަ ލޯނުތަކާއި ކައިރިވެ ނުލައްވާ! ބަރަކާތް ނުހުންނާނެ! ޙިކުމަތްވަންތަ ﷲ އަމުރުކުރައްވަނީ ރިބާއާއި ދުރުވުމަށް! ”
ޝެއިޚް މިހެން ގޮވާލެއްވި އިރު ރާއްޖޭގެ ބައެއް ބޭންކްތަކުންވަނީ ދާދިފަހުންވެސް ލުއި ލޯންނަމުގައި ބޮޑު އަދަދުތަކެއް ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކޮށްފައެވެ.
Posted by Ali Zaid on Friday, February 8, 2019