ދިރާސާ
ކީރިތި ޤުރުއާނު ގެ ބަގީޗާ: ޒުޚުރުފު ސޫރަތް

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މައިގަނޑުގޮތެއްގައި މި ސޫރަތުގައި އައިސްފައިވަނީ ދުނިޔޭގެ ފިތުނަވެރިކަމާއި ޒީނަތްތެރިކަމުގެ މައްޗަށް ސަމާލުވެތިބުމަށް ކުރެވިފައިވާ އިންޒާރުތަކެކެވެ.
وَزُخْرُفًا وَإِنْ كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالآخِرَةُ عِنْدَ رَبِّكَ لِلْمُتَّقِينَ (الزّخرُف 35)
މާނައީ: “އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދިނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައި ނޫނީ ނުވެއެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ތަޤުވާވެރިންނަށް އާޚިރަތުގެ ނިޢުމަތް ހުށްޓެވެ.”
ޒުޚުރުފު ސޫރަތުގައިވާ މުހިއްމު ނުކުތާތައް
• މި ސޫރަތް ފެށިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދޮގުކޮށްއުޅުނު މުޝްރިކުންނަށް އެ މީހުންގެ ނިމުން ހުރިގޮތުގެ މައްޗަށް ދެވިފައިވާ އިންޒާރުތަކަކުންނެވެ. މި ގޮތުން ނަބީބޭކަލުން ދޮގުކުރުމުން ކުރީގެ އުއްމަތްތައްވެސް ހަލާކުކުރެވުނު ކަމުގައި މި ސޫރަތުގެ ފެށޭކޮޅުގައި ބަޔާންކުރެވިފައިވެއެވެ. (5 ވަނަ އާޔަތުން 8 ވަނަ އާޔަތަށް)
أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ
وَكَمْ أَرْسَلْنَا مِن نَّبِيٍّ فِي الأَوَّلِينَ
وَمَا يَأْتِيهِم مِّن نَّبِيٍّ إِلاَّ كَانُوا بِهِ يَسْتَهْزِؤُون
فَأَهْلَكْنَا أَشَدَّ مِنْهُم بَطْشًا وَمَضَى مَثَلُ الأَوَّلِينَ
• މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ މައްޗަށް އަލިއަޅުވައިލެވިފައިވެއެވެ. (9 ވަނަ އާޔަތުން 13 ވަނަ އާޔަތަށް) . މި ގޮތުން އުޑާއި ބިމުގެ ވާހަކައާއި، ވާރޭ، ކަނޑުމަތީގައި ދުވާ އުޅަނދުފަހަރު އަދި ނަޢަމްސޫފިތަކުގެ ވާހަކަ އައިސްފައިވެއެވެ.
• މުޝްރިކުންގެ އަޤީދާގެ ބާޠިލުކަމުގެ މައްޗަށް އަލިއަޅުވައިލެވިފައިވެއެވެ. މި ގޮތުން އެމީހުންގެ ޖަހާލާތްތެރިކަމާއި، ޝިރުކާއި ޚުރާފާތުތަކުގެ ވާހަކަ އައިސްފައިވެއެވެ.) 15 ވަނަ އާޔަތުން 19 ވަނަ އާޔަތަށް)
• އިބްރާހިމް عليه السلام ޝިރުކުން ބަރީއަވެގެންވާކަން ބަޔާންކުރެވިފައިވެއެވެ.(26 ވަނަ އާޔަތް)
• އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ފަޟްލުވަންތަކަން އިތުރުކުރައްވަވައެވެ. މުދަލާއި ޖާހްގެ ގޮތުން މަތިވެރިވުމަކީ ބާއްޖަވެރިކަން މިނާ ހަމައެކަނި މިންގަނޑު ނޫންކަން މި ސޫރަތުގައި ބަޔާންވެފައިވެއެވެ. (31 ވަނަ އާޔަތާއި 32 ވަނަ އާޔަތް)
• މޫސާގެފާނާއި ފިރުއަޢުނުގެ ވާހަކަ މި ސޫރަތުގައި ޒިކުރުކުރެވިފައިވެއެވެ. (46 ވަނަ އާޔަތުން 56ވަނަ އާޔަތަށް). އަދި ފިރުޢައުނަށް މާތްﷲ ދެއްވި މުދަލާއި ޖާހާއި ވެރިކަމުގެ ނިޢުމަތަށް ކިބުރުވެރިވެ، މޫސާގެފާނު ދޮގުކުރި ވާހަކަ މި ސޫރަތުގައި ބަޔާންވެފައިވެއެވެ.
• ޢީސާގެފާނުގެ މާތްކަން މި ސޫރަތުގައި ޒިކުރުވެވިފައިވެއެވެ. އަދި އެކަލޭގެފާނާއިމެދު މީސްތަކުން އިޚްތިލާފުވެފައިވާކަމާއި އެކަލޭގެފާނު ބިމަށް ފައިބާވަޑައިގަތުމަކީ ޤިޔާމަތްވުމުގެ ޢަލާމާތެއްކަން ބަޔާންވެފައިވެއެވެ.
(57ވަނަ އާޔަތުން 65ވަނަ އާޔަތަށް)
وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا إِلَى فِرْعَوْنَ وَمَلَئِهِ فَقَالَ إِنِّي رَسُولُ رَبِّ الْعَالَمِينَ
فَلَمَّا جَاءَهُم بِآيَاتِنَا إِذَا هُم مِّنْهَا يَضْحَكُونَ
وَمَا نُرِيهِم مِّنْ آيَةٍ إِلاَّ هِيَ أَكْبَرُ مِنْ أُخْتِهَا وَأَخَذْنَاهُم بِالْعَذَابِ لَعَلَّهُمْ يَرْجِعُونَ
وَقَالُوا يَا أَيُّهَا السَّاحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ
فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ إِذَا هُمْ يَنكُثُونَ
وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِن تَحْتِي أَفَلا تُبْصِرُونَ
أَمْ أَنَا خَيْرٌ مِّنْ هَذَا الَّذِي هُوَ مَهِينٌ وَلا يَكَادُ يُبِينُ
فَلَوْلا أُلْقِيَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَاءَ مَعَهُ الْمَلائِكَةُ مُقْتَرِنِينَ
فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ
فَجَعَلْنَاهُمْ سَلَفًا وَمَثَلا لِلْآخِرِينَ
• ޢީސާ عليه السلام ގެ މާތްކަމުގެ ވާހަކަ މި ސޫރަތުގައި ބަޔާންކުރެވިފައިވެއެވެ. އަދި ޢީސާގެފާނާއިމެދު މީސްތަކުން އިޚްތިލާފުވެފައިވާކަމާއި، ފަހު ޒަމާނުގައި ޢީސާގެފާނު ބިމަށް ފައިބައިވަޑައިގެންނެވުމަކީ ޤިޔާމަތުގެ ޢަލާމާތެއްކަމުގައިވެސް ބަޔާންވެގެންވެއެވެ. ( 57 ވަނަ އާޔަތުން 65 ވަނަ އާޔަތަށް)

• މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާނެ ހެޔޮ ޖަޒާއާއި ކާފިރުންނަށް ހުރި ވޭންދެނިވި އަޒާބުގެ ވާހަކަ މި ސޫރަތުގައި ޒިކުރުކުރެވިފައިވެއެވެ.
މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާނެ ހެޔޮ ޖަޒާ މި ސޫރަތުގައި ޒިކުރުކުރެވިފައިވަނީ މިފަދައިންނެވެ.
يَا عِبَادِ لا خَوْفٌ عَلَيْكُمُ الْيَوْمَ وَلا أَنتُمْ تَحْزَنُونَ
الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ
ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ
يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الأَنفُسُ وَتَلَذُّ الأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ
وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ
ކާފިރުންނަށް ހުރި ވޭންދެނިވި އަޒާބުގެ ވާހަކަ މި ސޫރަތުގައި ޒިކުރުކުރެވިފައިވަނީ މިފަދައިންނެވެ.
إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ
لا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
وَمَا ظَلَمْنَاهُمْ وَلَكِن كَانُوا هُمُ الظَّالِمِينَ
وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ
لَقَدْ جِئْنَاكُم بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ
أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• މި ސޫރަތުގައި ނަރަކައިގެ ޚާޒިންގެ ނަން ޒިކުރުކުރެވިފައިވެއެވެ.
وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ
އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ.
• މި ސޫރަތް ފެށޭކޮޅުގައި ވަނީ މާތް ﷲގެ ޢަޒާބުގެވާހަކައެވެ. އެހެންނަމަވެސް މި ސޫރަތް ނިންމާފައިވަނީ މި އާޔަތުންނެވެ.
فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ ۚ فَسَوْفَ يَعْلَمُونَ ﴿٨٩﴾
ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلام އެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ.
މި ކަމުން އަންގައިދެނީ މާތްﷲގެ ކޯފާގެ މައްޗަށް އެކަލާނގެ ރަޙްމަތް ގަދަވެގެންވާކަމެވެ.

• ދުނިޔެވީ ގުޅުންތަކާއި ލޯތްބަކީ ނެތިފަނާވެދަނިވި އެއްޗެކެވެ. އެކުވެރިން ނުވަތަ ލޯބިވެރިން މަރުވުމާއިއެކު، ދޭދޭ ގުޅުންތަކާއި ލޯތްބަށްވެސް ނިމުން އާދެއެވެ. ﷲއަށްޓަކައި ވާ ލޯބި ފިޔަވައެވެ. (67 ވަނަ އާޔަތް)
ﷲ އަށްޓަކައި ބޭއްވި ގުޅުމެއް ފިޔަވައި އެހެން ހުރިހާ ގުޅުމެއް ޤިޔާމަތް ދުވަހު ޢަދާވާތްތެރިކަމަށް ބަދަލުވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ﴾ [الزخرف ٦٧]

މާނައީ: “އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ.”

އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ.

“އެބަހީ: ކޮންމެ އެކުވެރިކަމެއްމެ އަދި ކޮންމެ ގާތްކަމެއްމެ ޤިޔާމަތް ދުވަހުން ޢަދާވާތްތެރިކަމަކަށް ބަދަލުވެގެންދާނެއެވެ. އެއީ ﷲ އަށްޓަކައި ކުރިކަމެއް ފިޔަވައެވެ. ފަހެ އެއިލާހަށްޓަކައި ކުރިކަމެއް ދާއިމުވެގެންދާނެއެވެ.”

ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.

0