ނަޞޭޙަތާއި އިރުޝާދު
ﷲ ލޯބިވެވޮޑިނުގަންނަވާ 9 ބާވަތެއްގެ މީހުން

1. ކާފިރުން

މާތް ﷲ ވަޙީކުރެއްވިއެވެ. “وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ” سورة البقرة 276

މާނައީ: “އަދި، ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. “فَإِنَّ اللَّـهَ لَا يُحِبُّ الْكَافِرِينَ” سورة آل عمران 32

މާނައީ: “ފަހެ، ހަމަކަށަވަރުން، ކާފިރުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

2. އަނިޔާވެރިން

މާތް ﷲ ވަޙީކުރެއްވިއެވެ. “وَاللَّـهُ لَا يُحِبُّ الظَّالِمِينَ” سورة آل عمران 57

މާނައީ: “އަނިޔާވެރިންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

3. ތިމާގެ މޮޅުކަން ތިމާއަށްފެނި ބޮޑާވާ މީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا” سورة النساء 36

މާނައީ: “ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

4. ފަސާދަކުރާމީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. ” وَاللَّـهُ لَا يُحِبُّ الْمُفْسِدِينَ” سورة المائدة 64

“ފަހެ، ފަސާދަ ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

5. ހައްދުފަހަނައަޅައިދާ މީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. ” يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّـهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّـهَ لَا يُحِبُّ الْمُعْتَدِينَ” سورة المائدة 87

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި، ﷲ ޙަލާލު ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން ޙަރާމް ނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، ހައްދުފަހަނައަޅައިދާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

6. އިސްރާފުކުރާމީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. “وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ” سورة الأنعام 141

މާނައީ: “އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.”

7. ޚިޔާނާތްތެރިން

މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّ اللَّـهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا” سورة النساء 107

މާނައީ:  “ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. “إِنَّ اللَّـهَ لَا يُحِبُّ الْخَائِنِينَ” سورة الأنفال 58

މާނައީ: “ހަމަކަށަވަރުން، خيانة ތެރިންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

8. ބޮޑާވެގަންނަމީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّهُ لَا يُحِبُّ الْمُسْتَكْبِرِينَ” سورة النحل 23

މާނައީ: ” ހަމަކަށަވަރުން، ބޮޑާވެގަންނަ މީހުންދެކެ، އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.”

9. ބޮޑާވުމުގެ ގޮތުން އުފާކުރާމީހުން

މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّ اللَّـهَ لَا يُحِبُّ الْفَرِحِينَ” سورة القصص76

“ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”

 

0