ދިރާސާ
ފިލާވަޅު ދަސްކުރުމުގެ ދޮޅަހަކަށް އުކުޅު

ފުރަތަމަ އުކުޅު: ތަޤްވާވެރިކަން އިތުރުކުރާށެވެ.
ތަޤްވާވެރިކަމަކީ ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި އަދި ނަޙީތަކުން ދުރުވެގަތުމެވެ.
ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.
وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾
އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.
سورة الطلاق
ދެވަނަ އުކުޅު: ދުޢާކުރާށެވެ.
رَبِّ زِدْنِي عِلْمًا
މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!
اللهُمَّ زِدْني عِلْمًا وإيْمَانًا وَيَقِيْنًا
މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އަށް ޢިލްމާއި އީމާންކަމާއި ޢަޤީދާގެ ޔަޤީންކަން އިތުރު ކޮށްދެއްވާނދޭވެ!
رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي
މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!
اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي, وَعَلِّمْنِي مَا يَنْفَعُنِي, وَزِدْنِي عِلْمًا
މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އިބަ ރަސްކަލާނގެ މި އަޅާ އަށް ދެއްވި ޢިލްމުން މިއަޅާ އަށް މަންފާ ކޮށްދެއްވާނދޭވެ! އަދި މިއަޅާ އަށް މަންފާކުރަނިވި ޢިލްމެއް މިއަޅާ އަށް އުނގަންނަވައިދެއްވާނދޭވެ! އަދި މިއަޅާ އަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ

ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ
ތިންވަނަ އުކުޅު: ފާފަތަކުން ދުރުވާށެވެ.
ފާފަތަކުގެ ސަބަބުން ހިތުގައި ކަޅުލައްތަކެއްޖެހި، ހިތް ކަޅުވެގެންދެއެވެ. މިކަން ބަޔާންކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
“إِن العَبْد إِذا أَخطَأ خَطِيئَة نكتت فِي قلبه نُكْتَة سَوْدَاء ، فَإِذا هُوَ نزع واستغفر وَتَابَ صقل قلبه ، وَإِن عَاد زيد فِيهَا حَتَّى تعلو قلبه ، وَهُوَ الران الَّذِي ذكر الله {كلا بل ران على قُلُوبهم مَا كَانُوا يَكْسِبُونَ} “ رواه الترمذي (3334) و قال حديث حسن صحيح، وابن ماجة (4244)، و الحاكم من حديث أبي هريرة، و قال صحيح علي شرط مسلم.
މާނައީ: “ފަހެ، އަޅަކު ފާފައެއް ކޮށްފިކަމުގައިވާނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއްޖެހިދެއެވެ. އޭނާ، އެފާފައަކުން ދުރުވެ އަސްތަޣްފާރުކޮށް، توبة ވެއްޖެނަމަ އޭނާގެ ހިތް ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އެތިކި އިތުރުވެ އެވެ. މިގޮތަށް އޭނާގެ ހިތް ކަޅުކުލައިގެ ތިކިތަކަކުން ފުރިއްޖައުމަށް ދާނދެނެވެ. އެއީ ﷲތަޢާލާ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވާ “الران” އެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.”“

ހަތަރުވަނަ އުކުޅު: ހެނދުނުގެ ވަގުތުތަކުގެ ބޭނުންހިފާށެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ.
اللهم بارك لأمتى فى بكورها
ކީރިތި ރަސޫލާ ކުރެއްވި ދުޢާ ގެ މާނައިގައި ވެއެވެ.
” ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”
ދުވަހުގެ ހެނދުނު ވަގުތުތަކުގައި ފިލާވަޅު ދަސްކުރުމުން، އެފިލާވަޅު އަވަހަށް ދަސްވެ، ހަނދާނުގައި ހުންނާނެއެވެ.

ފަސްވަނަ އުކުޅު
ބޭކާރުކަންކަމުގައި ވަގުތު ހޭދަނުކުރާށެވެ.

ފިލާވަޅުދަސްކުރަން ވަގުތުނުވާކަމުގެ ޝަކުވާއަކީ ޢާއްމު ޝަކުވާއެކެވެ. އެކަމަކު ރަނގަޅަށް ޓައިމް މެނޭޖުކުރާނަމަ މިކަމަށް ބޭނުންވާ ވަގުތު ރަނގަޅަށް ލިބޭނެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
(من حسن إسلام المرء تركه ما لا يعنيه) حديث حسن رواه الترمذي وغيره.
”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.”
“نعمتان مغبون فيهما كثير من الناس: الصحة والفراغ”
އެ ދެނިޢުމަތަކަށް ފަރުވާކުޑަކޮށްލުމުގެ ސަބަބުން މީސްތަކުންނަށް ގެއްލުންލިބޭ ދެ ނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ. – ސަޙީހް ބުޚާރީ

ހަވަނަ އުކުޅު: ދަސްކުރެވުނުވަރު ބަލާށެވެ.
ފޮތްކިޔާ ނިންމާލަމުން ދަސްކުރެވުނުވަރު ބެލުމަށްޓަކައި ތަމްރީނެއް ނުވަތަ ކުޑަ ޓެސްޓެއް ހަދާށެވެ. ފިލާވަޅު ދަސްކުރާނިންމާތަނުން މިގޮތަށް އެނގުނުވަރު ބަލާކަމުގައިވާނަމަ، ސިކުނޑީގައި މަޢުލޫމާތުހަރުލުމުގެ ރޭޓް 30 ޕަސެންޓް އިތުރުވެއެވެ.

ހަތްވަނަ އުކުޅު: ކިޔަވައިދޭށެވެ.
އިސްވެދެންނެވިފަދައިން އަމިއްލަ ނަފުސު ޓެސްޓްކުރުމަށްފަހު އެހެންމީހަކަށްކިޔަވައިދޭށެވެ. އެހެންމީހުންނަށް ކިޔަވއިދީގެން ދަސްކުރާއެއްޗެހި ހަނދާނުގައި ހުންނަ ހުރުމަށް ކިޔަނީ the protégé effectއެވެ.

އަށްވަނަ އުކުޅު: ވަކި އިންތިޒާމަކުން ފިލާވަޅު މުރާޖަޢާކުރުން
ފިލާވަޅު މުރާޖަޢާކުރަން ފެށުމުގެ ކުރިން މުރާޖަޢާކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއްހަދާށެވެ. މިގަޑީގައި ކިޔާނީ ކިތައް ޗެޕްޓަރތޯ، ނުވަތަ ހަދާނީ ކިތައް ތަމްރީންތޯ ކަނޑައަޅާށެވެ. މުރާޖަޢާކޮށް ނިމުމުން އުއްމީދުކުރި ނަތިޖާ ޙާސިލްކުރެވުނުތޯ ބަލަންޖެހޭނެއެވެ. އަދި ފިލާވަޅުތަކުގެ މައިންޑް މެޕްސް ހެދުމާއި ފިލާވަޅު އަމިއްލައަށް ޚުލާސާކޮށްފައި ވަކި ނޯޓްފޮތެއްގައި ލިޔުމަކީވެސް ވަރަށް މުހިއްމުކަމެކެވެ. އަމިއްލަ އަތުން ލިޔެފައިވާއެއްޗެހި ކިޔަން ހުންނަ ޝައުޤުވެރިކަން ބޮޑުވުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ.

ނުވަވަނަ އުކުޅު: ގްރޫޕް ސްޓަޑީސް ހެދުން
ކުލާހުގެ އެހެންކުދިންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރުމުން ފޫހިކަމެއްނެތި ގިނައިރު ވަންދެން މުރާޖަޢާކުރެވޭނެއެވެ. ގްރޫޕް ސްޓަޑީގެ ސަބަބުން ކުރެވޭ މަސައްކަތްތައް ގިނަވާނެއެވެ.
ޞަޙީޙުލް ޖާމިޢުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ. ﷲތަޢާލާގެ އަތްޕުޅުވަނީ ޖަމާޢަތާއިއެކުގައެވެ. މި ހަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން ހެޔޮކަމެއްގައި ކުރިޔަށްދާނަމަ، ﷲތަޢާލާ އެބަޔަކަށް ވާގިދެއްވުމާއި ނަޞްރާއިކާމިޔާބު ދެއްވުމުގައި ވޮޑިގެންވާނެއެވެ.

ދިހަވަނަ އުކުޅު: ދުރާލާ މުރާޖަޢާކުރަންފެށުން
ހަނދާންނުނެތޭ ވަރަށް ދަސްކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ މޮޅު ގޮތަކީ ތަކުރާރުކޮށް އެއެއްޗެއްކިޔުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރުހެން އެ އެއްޗެއް ދަސްވެފައިވަނީ ކިހާވަރަކަށްތޯ ބެލުމެވެ.

އެގާރަވަނަ އުކުޅު: އޮފްލައިންވޭ !
އުނދަގޫ މާއްދާއެއް މުރާޖަޢާކުރާނަމަ، ފޯކަސްގެއްލި އެމާއްދާ މުރާޖަޢާކުރުން ހުއްޓާލާ، ފޯނާއި ކުޅުން ފަދަ ކަމެއްކުރެވެން ފެށުމަކީ ވަރަށްގިނަ ދަރިވަރުންނަށް ދިމާވާ ކަމެކެވެ. އެހެންކަމުން މުރާޖަޢާކުރާއިރު ފޯނު ނިންވާލުމާއި، އޮފްލައިންވުމަކީ ވަރަށް މުހިންމުކަމެކެވެ.

ބާރަ ވަނަ އުކުޅު: ފުރިހަމަ ނިދި ހޯދާށެވެ.

ތޭރަވަނަ އުކުޅު: ކޮންމެ ބައި ގަޑިއިރަކުން އެއް ފަހަރު 5 މިނެޓްގެ ކުޑަ ބުރޭކެއް ނަގާށެވެ. އޭރުން ގިނަ އިރުވަންދެން މުރާޖަޢާކުރެވޭނެއެވެ.

Active recall
#anki flashcards
#closed Book spider diagrams
#questions
Instead of notes
Thé Cornell note-taking system

ބެލެނިވެރިންގެ ޗެކްލިސްޓް

0