ޢިލްމު ޕޯސްޓްސް
ޢިލްމު ޖަމިއްޔާއަށް ޞަދަޤާތްކުރަންވީ ކީއްވެ؟

Why donate ILM
ސެޕްޓެމްބަރ 2017 ގައި ރަޖިސްޓްރީ ކުރެވުނު އިލުމިނޭޓް ލާމު
މޫވްމަންޓް(ޢިލްމު) ގެ އެންމެ އިސް މަޤްޞަދަކީ އިލާހީ ހިދާޔަތުގެ މުންނާރުގެ އަލިކަން، ޚާއްސަކޮށް ހައްދުންމަތީގެ ރައްޔިތުންނަށް އަދި ޢާއްމުކޮށް އެންމެހާ ދިވެހިންނަށް، ފޯރުކޮށްދިނުމެވެ.
ޢިލްމު ޖަމިއްޔާ އުފެދުނުތާ ދޮޅަހަކަށް އަހަރުވެފައިވާއިރު، މި ޖަމިއްޔާއިންވަނީ ދީނީ އަދި އިޖުތިމާޢީ އެތައް ޕްރޮގްރާމެއް ހިންގާފައެވެ.
ޢިލްމު ޖަމިއްޔާގެ އެންމެ އަލިގަދަ ޚިދުމަތަކީ ޑިސެމްބަރ 2017 ގައި ލޯންޗުކުރެވުނު ޢިލްމު.އެމްވީއެވެ. މި ވެބްސައިޓްގައި މިހާތަނަށް 300 އަށްވުރެ ގިނަ އަރޓިކަލްސް ޕަބްލިޝްކުރެވިފައިވާއިރު، މާތް ﷲގެ އިރާދަފުޅާއިއެކު، މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ދީނީ ވެބްސައިޓަކީ ޢިލްމު.އެމްވީކަން ފާހަގަ ކޮށްލަންޖެހެއެވެ.
މީގެއިތުރުން ފޭސްބުކުގައި ދިވެހި ބަހުން ހެދިފައިވާ ދީނީ ޕޭޖްތަކުގެ ތެރެއިންވެސް މިހާރު އެންމެ މަޤްބޫލުކަން ބޮޑީ ޢިލްމު ޖަމިއްޔާގެ ފޭސްބުކު ޕޭޖެވެ.
ILM Profile (in Arabic)
އެކި ރޮނގު ރޮނގުން ޒުވާނުންނަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށްވެސް މި ޖަމިއްޔާއިން ޚާއްސަ އިސްކަމެއްދެއެވެ. 2018 ވަނަ އަހަރު ޖޫން މަހުގެ ފަހުކޮޅުގައި ބެއްވުނު ފޮޓޯގްރަފީ ވޯކްޝޮޕަކީ މިކަމުގެ ހެއްކެކެވެ.
ތިބޭފުޅުން ޢިލްމު ޖަމިއްޔާއަށް ކުރާ ޞަދަޤާތުގެ ފައިސާއިން މުޖުތަމަޢަށް ބޭނުންތެރި ތަފާތު ވީޑިއޯތައް ، މާތް ﷲ ގެ ވާގިފުޅާއިއެކު ހެދޭނެއެވެ. މި ވީޑިއޯތައް ބަލާ، ވީޑިއޯތަކުން ލިބޭ މެސެޖްތަކާއި އެއްގޮތަށް ޢަމަލުކުރާ ކޮންމެ މީހެއްގެ ޘަވާބު ތިބޭފުޅުންނަށްވެސް إن شاء الله ލިބޭނެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. ” ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ’’.

ލްމު ޖަމިއްޔާއިން ޞަދަޤާތުގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާނީ އިސްލާމީ ދަޢުވަތުގެ މަސައްކަތްތަކަށާއި ފޮތް އެކުލަވާލުމާއި ޢިލމީ މަސައްކަތްތައް ޕްރިންޓްކުރުމަށެވެ. މީގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމުގެ ވޯކްޝޮޕްތައް ބޭއްވުމަށާއި ޒުވާނުންގެ ހުނަރު އިތުރުކޮށްދޭ ކޯސްތައް ބޭއްވުމަށްވެސް މި ފައިސާއިން ހޭދަކުރެވޭނެއެވެ.

ILM USD   7770000025358
ILM MVR  7770000025357
ލްމު ޖަމިއްޔާއަށް ޞަދަޤާތްކުރަންވީ ކީއްވެ؟
• ޢިލްމުން މުޖުތަމަޢަށް ބޭނުންތެރި އަރޓިކަލްތަކާއި ވީޑިއޯތައް ޝައުޤުވެރިގޮތެއްގައި ގެނެސްދޭތީ
• ޒުވާނުންނާއި ޢިލްމުވެރިންގެ މެދުގައި ބަދަހި ގުޅުމެއް އުފެއްދުމަށް ޢިލްމުން މަސައްކަތްކުރާތީ
• ދެމެހެއްޓެނިވި ގޮތެއްގައި ދަޢުވަތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ޢިލްމުން މަސައްކަތްކުރާތީ
• ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާވާ ޖީލެއް އުފެއްދުމަށް މަސައްކަތް ކުރާތީ
• ޢިލްމީ ގޮތުންނާއި ފަންނުވެރިކަމުގެ ގޮތުން ޒުވާނުން އާ ކުރިބޯށިތަކަކަށް ގެންގޮސްދިނުމަށް ޢިލްމުން މަސައްކަތްކުރާތީ

0