ނަޞޭޙަތާއި އިރުޝާދު
މަރުވަނީ ކީއްވެތޯއެވެ ؟ ތިބާއަށް ތިޔަ ދެވެނީ ކޮން ދިމާލަކަށްތޯއެވެ؟

އަހަރެންނަށް އަދި ތިބާއަށްވެސް އަބަދަކު މިތާކު ނުހުރެވޭނެއެވެ. މަރަކީ ކޮންމެ މީހަކާވެސް ބައްދަލުވާނެ އެއްޗެކެވެ. އަހަރެންގެ ޢުމުރުން ބާކީ އޮތީ ދެތިން ފޮޅުވަތެވެ. ތިބާ އަހަރެންގެ ވަޞިއްޔަތް ހަނދުމަކުރާށެވެ. އަހަރެންގެ މަތީން ހަދުމަކޮށް އަހަރެންގެ މިވަޞިއްޔަތުގެ ވާހަކަ ތިބާގެ ޢާއިލާއިން ފެށިގެން ގޮސް ގާތް ރަޙްމަތްތެރީން ކައިރީގައި ބުނާށެވެ. ނިކަމެތި ޟަޢީފު ފަޤީރު މީހުން ފެށިގެން ގޮސް ކަލާނގެ ކަމަށް ދަޢުވާކުރި ޖައްބާރު މުއްސަނދި ސާދާގަރުންވެސް މަރާ ބައްދަލުކުރެއެވެ. މަރުވުމަކީ ނިމުމެއްނޫނެވެ. މަރުވުމަކީ އެހެން ޙަޔާތަކަށް ދަތުރު ކުރުމެވެ. އަދި ބަރުޒަޚުގެ ޙަޔާތަށްފަހު ދެމިގެންވާ ޙަޔާތަށް ތިމާ ދަތުރު ކުރާނެއެވެ. ހެޔޮ ޢަމަލުތައް ގިނައިން ކުރިމީހުންނަށް ކާމިޔާބެވެ. ނުބައި ޢަމަލުތައް ކުރުންމަތީ ދެމިތިބެ އެ މަރާ ބައްދަލުކުރާ މީހުންނަކީ އަބާއްޖަވެރީންނެވެ. ހެޔޮ ޢަމަލު ކުރަން އޮތީ މިދުނިޔޭގެ ޙަޔާތުގެ މިކުޑަކުޑަ ދުވަސްކޮޅެވެ. އުޚުރަވީ ޙަޔާތުގައި އޮތީ ޢަމަލުތަކުގެ ޙިސާބުބެއްލެވުމެވެ. ތިބާ އަހަރެން ކިޔުމުގައި ތިޔަ ކުރާ ޢަމަލުތައްވެސް މަލާއިކަތުން އެދަނީ ލިޔުއްވަމުންނެވެ. އެކަމުގެ ހިސާބުވެސް ބެއްލެވޭނެއެވެ. ދުޢާއަކީ ތިބާއަށް މިދުނިޔެ އާއި އާޚިރަތުގައި ކާމިޔާބު ލިބުމެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

0