ނަޞޭޙަތާއި އިރުޝާދު
ހަޔާތުގެ ބަނަ ދުވަސްތަކާއި ކުރިމަތިވާހިނދު

ޙަޔާތުގެ ބަނަ ދުވަސްތަކާއި ކުރިމަތިވާހިނދު، 10 ކަމެއްގެ މަތިން ހަނދާން ބަހައްޓާށެވެ.

1. ތިބާ ތަހައްމަލު ކުރަމުންދާ ފަދަ މުޞީބާތްތައް ޖެހިފައިވަނީ ހަމައެކަނި ތިބާއަކަށް ނޫނެވެ.
2. ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަނީ މަތިވެރި ޙިކުމަތަކަށްޓަކައެވެ.
3. ތިބާއަށް ފައިދާއެއްވެސް އަދި ތިބާއަށް ގެއްލުމެއްވެސް ދެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެހެންކަމުން ތިބާ ﷲ ތަޢާލާ ފިޔަވާ އެހެންފަރާތަކަށް ބަރޯސާ ނުވާށެވެ.
4. ތިބާއަށް ޖެހުނު މުޞީބާތަކީ ތިބާ ފަހަނަ އަޅާ ދާން އޮތް މުޞީބާތެއްނޫނެވެ. ތިބާއަށް ލިބުނު އެއްޗަކީ ތިބާއަށް ނުލިބި ދާން އޮތް އެއްޗެއް ނޫނެވެ.
5. މި ދުނިޔޭގެ ހަޤީޤަތް ދެނެގަންނާށެވެ. މިދުނިޔެއަކީ ފަނާވެ ދަނިވި ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެކެވެ.
6. ތިބާގެ ވެރި ރައްބާއި މެދު ހެޔޮކޮށް ހީކުރާށެވެ.
7. ﷲ ތަޢާލާ ތިބާއަށްޓަކާ ޚިޔާރު ކުރައްވާ ގޮތްތައް، ތިބާ ތިބާގެ އަމިއްލަ ނަފްސަށް ޚިޔާރު ކުރާ ގޮތްތަކަށް ވުރެ ހެޔޮކަންބޮޑުވެގެންވެއެވެ.
8. މުޞީބާތުގެ ވޭންވަރު ބޮޑުވާވަރަކަށް، މުޞީބާތުން ސަލާމަތްވުމުގެ ވަގުތު ކައިރިވަމުން ދާނެއެވެ. ރޭގަނޑުގެ އެންމެ އަނދިރި ވަގުތަކީ ފަތިހުގެ އަލިކަން ފާޅުވުމުގެ ކުރީ ވަގުތެވެ.
9. މުޞީބާތުން ސަލާމަތްވެވޭނެ މަގުތައް ތިބާގެ ވިސްނުމަށް ނައިސްފާނެއެވެ. ތިބާއަށް ފެންނާނީ ކަށަކުޅަދުންވަންތަ އިލާހުގެ ރޭވުންފުޅުގައިވާ ސަބަބުތަކެއް ތިބާގެ ކުރިމަތީގައި ނިއުޅެމުންދާތަނެވެ.
10. މުޞީބާތުން ސަލާމަތްވުމުގެ އެންމެހާ މަގުތަކެއް އެކަލާނގެ މިލްކުފުޅުގައިވާ އިލާހަށް ތަޤްވާވެރިވެ، ދުޢާކުރުމުގައި ދެމިހުންނާށެވެސަބަބުތަކުގައި ހިފާށެވެ. ގިނަގިނައިން އިސްތިޣްފާރުކޮށް، ޞަދަޤާތްކުރާށެވެ.

0