ނަޞޭޙަތާއި އިރުޝާދު
ހޭލާގޮތަށް ފޯން ބަލަނީ، ނިދަން އޮށޯނަމުން ފޯނުގަ، ހެނދުނާ، މެންދުރާއި ހަވީރު ފޯނުގައެވެ.

” ހޭލާގޮތަށް ފޯން ބަލަނީ، ނިދަން އޮށޯނަމުން ފޯނުގަ، ހެނދުނާ، މެންދުރާއި ހަވީރު ފޯނުގަ” ކަމަށް ޝެއިޚް އަޙްމަދު ރިމާޒް ފޭސްބުކް ޕޭޖްގައި ލިޔެފައެވެ.

އިތުރަށް ޝެއިޚްގެ ވިދާޅުވެފައިވަނީ ” މިއުއްމަތުގެ އިސްވެދިޔަ ޞާލިޙުން މިފަދައިން ކަންތައް ކުރައްވަމުން ދިޔައީ ޤުރުއާނާއި މެދުކަމަށާއި އެބޭކަލުން ސިޔަރަތު ކިޔާލުމުން އެބޭކަލުން އެއްރެއިން، އެއްދުވަހުން ޚަތިމްކުރާ ވާހަކަ އަޑުއިވުމުން ހައިރާންވެއެވެ.”

“ނަމަވެސް އެއީ ހަމަ ކުރެވިދާނެ ކަމެއްކަމަށް އަޅުގަނޑުމެން ފޯނުގަ މިހޭދަކުރާ ވަގުތަށް ބަލާލުމުން ޔަޤީންވެދެއެވެ.” ޑރ އަޙްމަދު އިސާ އާއި ހަވާލާދީ ވިދާޅުވެފައިވެއެވެ.

 

"Heyla gothah phone balanee, nidhan oshoannamun phonega, hendhuna, mendhura, haveeru phonega.Mi ummathuge isvedhiya…

Posted by Sheikh Ahmed Rimaz on Saturday, October 6, 2018

 

0