ނަޞޭޙަތާއި އިރުޝާދު
މިއީ ހުސް މަންމަގެ މަސައްކަތެވެ.

ޤުރުއާން މުދައްރިސަކު ކިޔާދިނެވެ. “އަހަރެން ހިންގާ ޤުރުއާން ކުލާހުގެ ހިތު ދަސްކުރާ ކުލާހަށް ފިރިހެން ކުއްޖަކު ބައިވެރިވުމަށް އައެވެ. އަހަރެން އޭނާއަށް އެއްވެސް މިންވަރަކަށް ޤުރުއާން ހިތުދަސް ތޯ ސުވާލު ކުރީމެވެ. އެ ކުއްޖާ އާއެކޭ ބުނުމުން، ކިޔާލަ ދޭށޭ އަހަރެން ބުނީމެވެ. އެ ކުއްޖާ އަންމާފޮތް އެއްކޮށް ކިޔާދީފިއެވެ. އަހަރެން ފަހަރަކު ސޫރަތެއް ކިޔާދޭން ބުނުމުން އެ ކުއްޖާ ކިޔާދިނެވެ. ޚަތީމު އެއްކޮށް އެ ކުއްޖާވަނީ ހިތުދަސްކޮށްފައެވެ. އަނެއް ދުވަހު ބެލެނިވެރިޔަކާއި އެއްކޮށް އައުމަށް  އަހަރެން އެ ކުއްޖާ ގާތު ބުނީމެވެ.

އެ ކުއްޖާ އަނެއް ދުވަހު އައި އޭނާގެ ބައްޕަ އާއި އެކުއެވެ. ބައްޕަ ފެނިފައި އަހަރެން އަޖައިބު ވީމެވެ. ބައްޕަ ހުރީ ވަރަށް ފެޝަންކޮށެވެ.  ދީނީ އެއްވެސް ކަމެއް ނެތް ފަދަ މީހެކެވެ. އަހަރެން އެހެން ހުރުމުން އެ ކުއްޖާގެ ބައްޕަ ބުންޏެވެ. “ތި ހުރީ އަހަރެން ހުރި ގޮތުން ހައިރާންވެފައި ދޯއެވެ. އަހަރެންގެ މިނޫނަސް އަދި ޤުރުއާން ހިތުދަސް 3ކުދިން އެބަ ތިއްބެވެ. ” އަހަރެން އެއީ ކިހިނެއްތޯ ދަސްކުރީ އެހުމުން ބައްޕަ ބުންޏެވެ. ” އެކުދިންގެ މަންމައަކީ ވަރަށް ކިޔަވާ އަދި ގޭތެރޭގައި ޤުރުއާން ޖަހާ މީހެކެވެ. ކޮންމެ ދުވަހަކުވެސް ކުދިންނަށް ވެސް ޤުރުއާނުގެ ކޮންމެވެސް މިންވަރެއް ހިތުދަސް ކުރަން ހަވާލު ކުރެއެވެ. ކުދިން ބޮޑުވެގެން ދިޔައީ ޤުރުއާނަށް ލޯބި ޖެހިގެންނެވެ. މިއީ ހުސް މަންމަގެ މަސައްކަތެވެ. ”

 

 

މަސްދަރު: ޑިވޯޓަޑް ސާވެންޓް އޮފް ﷲ

0