ރާއްޖޭގައި ޚިތާނުކުރުމުގެ މޫސުން ތެރޭގައި ހިންގާބައެއް މުންކަރާތްތަށް އައްޝެއިޚް ޒަމްޒަމް ފާރިޟް ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.
އެގޮތުން ފާހަގަކޮށްފައިވާ މުންކަރާތްތަކަކީ:
1- މިއުޒިކް ކުޅުން
2- ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުން
3- ފަރުޟު އަޅުކަންތަކަށް އިޙުމާލުވުން
4- އަވަށްޓެރިންނަށް ތުރާވާވަރަށް އަޑުގަދަކުރުން
5- ވަގުތާއި ފައިސާ އިސްރާފުކުރުން
6- ދަންވަރު ހޭލާ ކުޅިވަރުގައި ޤާފިލުވުން
އަޅުގަނޑުމެން މި އިސްލާމީ މުޖުތަމަޢުން ފެނިގެންދާން ނުޖެހޭ މި މުންކަރާތްތަށް ހިންގުމުގައި އާއިލީ މެންބަރުން އަވަދިނެތި އުޅެމުންދާއިރު، ބައެއްފަހަރު އާއިލީ މެމްބަރުން އެއްތަނެއްގައި ތިބެ ބަލަންނުވާ އެތަށް މަންޒަރުތަކާއި ކަންތައްތައް ވަމުންދާކަންވެސް ފާހަގަކޮށްލަމެވެ.
މިފަދަ މުންކަރާތްތަށް ނުހިމަނާވެސް އާއިލާމެދުގައި އުފާފާޅުކޮށް ކުރެވިދާނެކަން ފާހަގަކޮށްލަމެވެ. އަދި އަޅުގަނޑުމެން މުސްލިމުންކަމަށް ވީހިދު ކުރާކޮންކަމެއްވެސް
އިސްލާމްދީނުގައި އަންގަވާފައިވާ މިންގަޑުގައިހިފެހެއްޓައިގެން
ކުރިއަށް ދެވޭތޯ މަސައްކަތްކުރަންވާނެއެވެ.