ނަޞޭޙަތާއި އިރުޝާދު
އަޖުރު މަތިވެރިވެގެންވާ ބައެއް ހެޔޮ ޢަމަލު

އިންސާނުން ދުނިޔެއަށް ފޮނުވާފައިވަނީ ﷲއަށް އަޅުކަން ކުރުމަށްޓަކައި އަޅުކަމަކީ ހަމައެކަނި ނަމާދުކޮށް ކީރިތި ޤުރުއާން ކިޔެވުމެއް ނޫންނެވެ. އިންސާނާ އަމަލުތަށް ﷲ އަންގާފައިވާ ގޮތަށް ބައްޓަންކޮށްގެން ކުރާ ހެޔޮޢަމަލުތަކަކީވެސް އަޅުކަމެވެ. އެގޮތުން މިތާ މިބަޔާންކޮށްލާނީ އަޖުރު މަަތިވެރިވެގެންވާ ބައެއް ހެޔޮ ޢަމަލުތަކެއް ބަޔާންކޮށްފައިވާ ހަދީޘެކެވެ.

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((كُلُّ سُلَامَى مِنْ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَبِكُلِّ خُطْوَةٍ تَمْشِيهَا إلَى الصَّلَاةِ صَدَقَةٌ، وَتُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ)) [رواه البخاري ومسلم]

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

“އިރު އަރާ ކޮންމެ ދުވަހަކުވެސް، ކޮންމެ މީހެއްގެ މައްޗަށް ޞަދަޤާތެއްވެއެވެ. (ފަހެ އެމީހެއްގެ) ކޮންމެ ހުޅަކުންވެސް ޞަދަޤާތްކުރާ ހުށިކަމެވެ. ދެމީހެއްގެ ދެމެދުގައި ޢަދުލުވެރިކަމާއެކު ޞުލްޙަކުރުވުމަކީ ޞަދަޤާތެކެވެ. އަދި މީހަކަށް އޭނާގެ ސަވާރީގައި އެހީތެރިވެ، އޭނާ އެއަށް އަރުވައިދީ ނުވަތަ އޭނާގެ ސާމާނު އެއަށް އަރުވައިދިނުމީ ޞަދަޤާތެކެވެ. އަދި ހެޔޮބަހެއް ބުނުމީ ޞަދަޤާތެކެވެ. އަދި ނަމާދަށް އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަޤާތެކެވެ. އަދި މަގުމަތީގައި މީހުންނަށް އުނދަގޫވާނޭހެން ހުންނަ ތަކެތި އެއްފަރާތްކުރުމަކީ ޞަދަޤާތެކެވެ.”

0