ޚަބަރު
ހެދުން އެޅުމަށް ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފަށް ހެދުން އެޅުމަކީ ލުއިފަސޭހަވުމުގެ މާނައެއްނޫން: ހުކުރު ޚުތުބާ

ހެދުން އެޅުމަށް ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފަށް ހެދުން އެޅުމަކީ ލުއިފަސޭހަވުމުގެ މާނައެއްނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ “އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ މާނައަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިއުމެއް ނޫނެވެ. އިސްލާމްދީނަކީ ލުއިފަސޭހަ ދީން ކަމަށް ބުނެ، އިސްލާމްދީނުގައި ހެދުން އެޅުމަށް ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފަށް ހެދުން އެޅުމެއް ވެސް ނޫނެވެ. އެހެންކަމަކު، އެއީ އިސްލާމްދީނަށް އުޅުމަށް ދެއްވާފައިވާ ފުރިހަމަ ލުއިފަސޭހަ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމްދީނަށް އުޅުމަކީ ބުރައަކަށް ވެގެން ނުދާނެ ކަންތައްތަކެވެ.”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ “އިސްލާމްދީނުގައި ޢަދުލުވެރިކަމަށް އިސްކަން ދެއްވައި، އެކަމަށް އަމުރު ކުރައްވައި، އެކަމަށް ހިތްވަރު ދެއްވާފައިވެއެވެ. އަދި ތިމާމެންނާ ޢަދާވާތްތެރިކަމެއް، ނުވަތަ ރުޅިވެރިކަމެއްބަޔަކުމީހުންނާމެދު އޮތުމަކީ ޢަދުލުވެރި ނުވުމަށް އޮތް ޢުޛުރެއް ނޫން ކަން ބަޔާން ކޮށްދެއްވިއެވެ.

ހުރިހާ ޙާލެއްގައިވެސް ޢަދުލުވެރިކަމުގެ މީޒާނަށް ރުޖޫޢަވެގެންމެނުވީ، މިދުނިޔެ އިޞްލާޙު ނުވާނެއެވެ. މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. އަދި މީހެއްގެޙައްޤެއް ނިގުޅައިގަނެގެންވެސް ނުވާނެއެވެ.”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ “އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ ސަބަބުން ކަންކަމުގައި ގަދައަޅާ މަސައްކަތްކުރުންމަނައެއް ނުކުރެއެވެ. ނަޒާހާތްތެރިކަން ދެމެހެއްޓުމާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރުން ފަދަކަންކަމުގައްޔާއި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ހުއްޓުވުންފަދަ ކަންކަމުގައިވެސްމެއެވެ. އަދިއަމާންކަން ނަގާލައި ހަމަނުޖެހުން އުފައްދައި މީސްތަކުން ބައިބައި ކުރާ މީހުން ހުއްޓުވުން ފަދަކަންކަމުގައި ވެސްމެއެވެ.”

 

0