ނަޞޭޙަތާއި އިރުޝާދު
ޝައިތާނީ އެދުންވެރިކަމާއި ޝަހުވަތްތަކުން މިންޖުވާނީ ކިހިނެތް؟

ޝަހުވަތުގެ ބާބުގައި ކުރިމަތިވާ އުނދަގޫތައް ޙައްލުކުރުމަށްޓަކައި އަންނަނިވި ކަންކަމުން ވާގިހޯދާށެވެ.

1- ﷲ ޙަރާމްކުރެއްވި ތަންތަނާއި ކަންކަމަށް ބެލުން ތިރިކުރުން.

2-  ޖިންސީ ބައިތައް އެކުލެވިގެންވާ ލިޔުންތަކާއި ކިޔުންތަކާއި އަޑުއެހުންތަކާއި ބެލުންތަކުން ދުރުވުން.

3-  ނުބައި ރަޙްމަތްތެރިނާއި ދުރުހެލިވުން.

4- ޝަހުވަތާއިމެދު ފިކުރުކުރުމުން ދުރުވުން.

5- ހުސްވަގުތުތައް ފައިދާ ހުރި ކަމެއްގައި ހޭދަކުރުން.

6- އަންހެނުންނާއި ފިރިހެނުން މަސްހުނިވާ ތަންތަނަށް ދިޔުން މަދުކުރުން ނުވަތަ ދުރުހެލިވުން.

7- އީމާންކަން ވަރުގަދަކުރުން އަދި ﷲ އާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުން.

8- ގިނައިން ރޯދަ ހިފުން.

9- ސާލިޙު ތަޤުވާވެރިންނަށް ﷲ ތައްޔާރުކުރައްވާފައިވާ ހެޔޮޖަޒާއާއި ޘަވާބުގެ މަތިން ހަނދުމަކުރުން.

10- އިސްވެދިޔަ ޞާލިހު ތަޤުވާވެރި ޢިއްފަތްތެރި ބޭކަނލުންގެ ސީރަތާއި މެދު ވިސްނާ ފިކުރުހިންގުން.

11- ރަޙްމަތްތެރިންކަމުގައި ޞާލިޙް ރަގަޅު ތަޤުވާވެރިން އިޚްތިޔާރު ކުރުން.

ޝަހުވަތުގެ މައްޗަށް ގަދަވެގަނެ ނަފްސު ހިމާޔަތްކުރުމަކީ އިންތިހާއަށް މާތް އަދި މަތިވެރިކަމެއް ކަން ދެނެގަނެ، ހަރާމް ކަމަކަށް އިޖާބާދީ ވަގުތީ ލައްޒަތެއް ޙާސިލްވުމާއި އެނުބައިކަމުން ރައްކާތެރި ވުމަށް ކުރާ ނަފްސުގެ ޖިހާދުން އަޅާ ކިޔާ ހިއްވަރު ހޯދާށެވެ. އަދި ﷲ އަށް ދުޢާކުރުމާއި ދެންނެވުމުން ވާގިހޯދާށެވެ.

 

މުޙައްމަދު ޞާލިޙުލް މުނައްޖިދު (ޙަފިޠަހުﷲ)

0