ނަޞޭޙަތާއި އިރުޝާދު
ދުނިޔެއަކީ އާޚިރަތަށްޓަކާ ގޮވާން ކުރަންއޮތްތަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިދުނިޔަވީ ޙަޔާތުގައި އިންސާނާއަށް ލިބިފައިވާ ޢުމުރަކީ ހައްދެއްވާ އެއްޗެކެވެ. އަދި އާޚިރަތުގައި އޭނާއަށްއޮތް ދަރަޖަ ބިނާވެގެންވަނީ މިދުވަސްތަކަށެވެ. އެއީ ތިބާ ތިހޭދަކުރަމުންދާ ދުވަސްތަކެވެ. ތިބާގެ ނަފްސަށްޓަކާ ހެޔޮކަމެއް އިސްކޮށްފިނަމަ ތިބާ ވާހުށީ ބާއްޖަވެރިންގެ ތެރެއިންނެވެ. އަދި މިދުނިޔަވީ ޙަޔާތުގައި ތިބާގެ ނަފްސަށް ތިބާ އިހުމާލުވެ، ލިބިފައިވާ ވަގުތުގައި ފަރުވާކުޑަކޮށްފިނަމަ އާޚިރުތުގައި އެކަމާ ހިތާމަކުރާނެއެވެ.

މިދުނިޔަވީ ޙަޔާތުގައި ކުރާ ޢަމަލުތަކުގެ ސަބަބުން ތިބާ އާޚިރަތުގައި ރަހުނުކުރެވިގެންވާކަމަށް ﷲ ތަޢާލާ ޛިކުރުކުރެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ﴾ (سورة النجم ٣٩)

މާނައީ: “އަދި އިންސާނާޔަށް އޭނާ ކުޅަ ޢަމަލެއް މެނުވީ ނުވެއެވެ.”

މަރުގެ މަލާއިކަތާ ތިބާއާ ޒިޔާރާތްކުރާނީ ކޮންއިރަކުކަމެއް ތިބާއަކަށް ނޭނގޭނެއެވެ. އަދި ތިބާގެ ރޫޙު ނެރެލެވުމުން، ފަހެ ތިބާވަޅުލުމަށްފަހު ތިބާގެ ގާތްތިމާގެ މީހުންނާއި ލޯބިވާމީހުންނާއި އަދި ވަށައިގެންވީ މީހުން މިދުނިޔަވީ ޙަޔާތުގައި އަވަދިނެތި އުޅޭނެއެވެ. އަދި ދުނިޔޭގައި ބާރުލައި ކުރިއަށް ދިޔުމުގައެވެ. އޭގެ ސަބަބުން އެބައިމީހުން ތިބާ މަރުވުމަށްފަހު ތިބާއަށްޓަކައި ދުޢާކުރުމުން ޣާފިލުވާނެއެވެ.

އަދި ހަނދުމަނެތިވުމަކީ  މިދުނިޔަވީޙަޔާތުގައި ﷲ ތަޢާލާ ލައްވާފައިވާ ސުންނަތެކެވެ. މިޘާލަކަށް ތިބާގެ ކާފަގެ ބައްޕައަށް ތިބާ ދުޢާކޮށްނޫޅޭނެއެވެ. އެއީ ތިބާއާ މާދުރުމީހަކަށް ނުވިކަމުގައިވިއަސްއެވެ. އަދި އޭނާއަކީ ތިބާ މިޙަޔާތުގައިވުމަށް މެދުވެރިވި ސަބަބެކެވެ.

އަދި ތިބާގެ ކާފަދަރިންނާއި އެއަށްވުރެ ދަށުގައިވާކުދިން ތިބާގެ މައްޗަށް ދުޢާކުރުން ހަނދުމަނެތޭ ޒަމާނެއް އަންނާނެއެވެ.

ފަހެ އެކަން ތިބާއަށް ރަނގަޅަށް އެނގިބަޔާންވުމުން އަދި ތިބާމަރުވުމަށްފަހު މީސްތަކުން ތިބާއާ ޣާފިލުވާނެކަންވެސް އެނގުމުން، ފަހެ ޞާލިޙު ޢަމަލުކުރުން ތިބާ ގިނަކުރާށެވެ. އަދި ދުނިޔޭގައިވާ ހެޔޮކަމުގެ ކޮންމެ ދޮރެއްގައި ޓަކިޖަހާށެވެ. އޭރުން އާޚިރަތުގައި ތިބާގެ ރައްބާ ކުއްތަންވެވޭނެކަމަށް އުންމީދުކުރެވެއެވެ.

_____________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މަސްދަރު: ދިސަލަފިއްޔާ

0