ޚަބަރު
ތުއްތުކުދިންނަށް ގޯނާކުރާ ނުބައި މީހުންދެކެ އަޅުގަނޑު ހާދަ ރުޅިއެއް އާދޭ! :ޝެއިޚް ޢަލީ ޒައިދު

ތުއްތު ކުދިންނަށް ގޯނާ ކުރާ ނުބައި މީހުން ދެކެ ވަރަށް ރުޅި އަންނަކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. އެބޭފުޅާގެ ޓުވީޓާގައި މިކަން ހާމަކޮށް ލިޔުއްވާފައިވަނީ “ވިހާފަ ބާލަދީ؟! ޞުބްޙާނަﷲ! ޒިނޭ ވިޔަސް އަދި ރޭޕް ވިޔަސް ކޮންމެ އެއްޗެއް ވިޔަސް،އެ ލިބޭ ތުއްތު ކުއްޖަކީ މައުސޫމް ފުރާނައެއް! ތުއްތު ކުދިންނަށް ގޯނާ ކުރާ ނުބައި މީހުން ދެކެ އަޅުގަނޑު ހާދަ ރުޅިއެއް އާދޭ! ރަޙުމު ކޮބައިތޯ؟ ކުށަކީ ކޮބައިތޯ؟” ސުވާލުކުރެއްވިއެވެ.

ޝެއިޚް ޢަލީ ޒައިދު މިގޮތަށް ނުރުހުންފާޅުކޮށް ކުއްވެރިކޮށް ޓުވީޓްކޮށްފައި މިވަނީ ރޭ 7:10 އެހާ ކަންހާއިރު ގދ.ވާދޫގެ އަންހެނަކު ކުއްޖެއް ވިހެއުމަށް ފަހު ފާޚާނާގެ ބާލާދީ ތެރެއަށް ލައި މަރާލަން މަސައްކަތްކޮށްފައިވާކަމަށް ބުނެ ޚަބަރުތަށް ފެތުރިފައިވަނިކޮށެވެ. އަދި ފުލުހުންނަށް އެ މައްސަލަ ހުށައެޅިފައިވާ ކަމަށާއި ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ރޭ ބުނެފައެވެ.

 

 

0