ނަޞޭޙަތާއި އިރުޝާދު
ދުޢާ އިޖާބަކުރެވޭ 3 ގޮތެއް

 

ކާއިނާތުގެ ހުރިހާ ކަމެއް ރާއްވަވާ، ހިންގަވާ ފަރާތަކީ މާތްﷲ އެވެ. އަދި ދެއްވަވާ، މަޙުރޫމްކުރައްވާ ފަރާތަކީވެސް ހަމަ އެކަލާނގެއެވެ.

ދުނިޔަވީ އަދި އުޚުރަވީ ކަންތަކުގައި އެކަލާނގެއަށް ދުޢާކުރުމަށް އަންގަވާފައިވެއެވެ. ދުޢާއަކީ ހުރިހާ އަޅުކަމެއްގެ ޚުލާޞާއެވެ. ފަހެ ގިނަގިނައިން ދުޢާކުރުމަކީ ދުނިޔެއާއި، އާޚިރަތް ބާއްޖަވެރިވެ، ﷲގެ ރުހިވޮޑިގަތުން ޙާޞިލުވާ ކަމެކެވެ. މުއުމިނުއަޅާ އޭނާގެ ދެއަތް އުފުލާ، ﷲއަށް ދުޢާކުރާ ހިނދު، ހުސްއަތާ އެއަށް ރައްދުކުރެއްވުމަށް އެކަލާނގެ ލަދުވެތިވެ ވޮޑިގަންނަވަތެވެ. އެގޮތުން މުއުމިނުއަޅާގެ ދުޢާ ތިންގޮތަކަށް މާތްﷲ އިޖާބަކުރައްވަތެވެ. އެއީ:

(1) އަޅާ ދުޢާގައި އެދުނުކަމެއް އެދުނު ގޮތަށް ކޮށްދެއްވުން.

(2) އަޅާއަށް ކުރިމަތިވާން އޮތް މުސީބާތެއް އުފުއްލެވުން.

(3) ޤިޔާމަތްދުވަހުގެ އަޅާގެ ހެޔޮކަމުގެ މީޒާނަށް ރައްކާތެރިކޮށްދެއްވުން.

މަސްދަރު: (އައްޝެއިޚް މުޙައްމަދު އިބްރާހީމް ނައިފަރު)

0