ނަޞޭޙަތާއި އިރުޝާދު
ތަޤުވާވެރިކަމުގެ ފަރަޤާއި ބުރުސޫރައިގެ ފަރަޤު

ޙަޤީޤީ މަތިވެރިކަމަކީ ﷲ ތަޢާލާއާ ކުއްތަންވުމެވެ. އަދި އެހެން މީހުންނާ ތިބާއާ ހުރި ފަރަޤަކީ ތަޤުވާވެރިކަމުގެ ފަރަޤެވެ.
﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ﴾ [سورة الحجرات ١٣]
މާނައީ: ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންއިލާހު ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.”

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ» [رواه مسلم]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.”

أيها الناس: إن ربَّكم واحد، وإن أباكم واحد، كلكم لآدم وآدم من تراب، أكرمكم عند الله أتقاكم، وليس لعربي على عجمي فضل إلا بالتقوى، ألا هل بلغت؟ قالوا نعم. قال: فليبلغ الشاهد منكم الغائب.
[رواه أحمد ]
އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި އިލާހަކީ އެއްކައުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޕައަކީ އެކަކެވެ. ތިޔަބައިމީހުން އެންމެން (އައިސްފައިވަނީ) އާދަމްގެފާނުގެ ފަރާތްޕުޅުންނެވެ. އާދަމްގެފާނު (ހެއްދެވިފައިވަނީ) މަށިންނެވެ. ތިޔަބައިމީހުންގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވަނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިމީހެކެވެ. އަދި ތަޤްވާއާނުލައި ޢަރަބިންނަށް ޢަރަބިން ނޫން މީހުންގެ މައްޗަށް އެއްވެސް މަތިވެރިކަމެއް ނެތެވެ. ތިމަންކަލޭގެފާނު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އެބައިމީހުން (އެބަހީ ޞަޙާބީން) ދެންނެވިއެވެ. އާދޭހެވެ. ފޯރުކޮށް ދެއްވައިފީމުއެވެ. ޙަދީޘް ކުރެއްވިއެވެ. ޙާޟިރުވެހުރިމީހާ ޙާޟިރުވެނެތްމީހާއަށް ފޯރުކޮށްދޭހުށިކަމެވެ.

މިދަލީލުތަކުން ހެކިދޭ ގޮތުގައި އެންމެ މާތް މީހަކީ އެންމެ ބޮޑަށް ތަޤުވާވެރިމީހާއެވެ. އެއްވެސް ހާލެތްގައި މީހާގެ ބުރުސޫރައަކަށް ނޫނެވެ.

0