ޚަބަރު
ލާމު ފޮނަދޫގައި ގްރެފިކް ޑިޒައިން ކޯހެއް ފަށަނީ

މި ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ލާމު އަތޮޅު ފޮނަދޫގައި ގްރެފިކް ޑިޒައިނިންގ ކޯހެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

މި ކޯހަކީ އިލުމިނޭޓް ލާމުު މޫވްމެންޓް (ޢިލްމު)ގެ ފަރާތުން ކުރިއަށް ގެންދާ ކޯހެކެވެ. ކޯހުގައި ކިޔަވައިދޭޭޭނީ އެޑޯބީ ފޮޓޯޝޮޮޕް އަދި އިލަސްޓްރޭޓަރ ބޭނުންކޮށްގެންނެވެ. 7 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ މިކަމުގެ ތަޖުރިބާކާރު ބޭފުޅެކެވެ.

މިފަދަ ކޯހެއް ބޭއްވުމުގެ މަޤްޞަދަކީ ގްރެފިކް ޑިޒައިނިންގގެ ހުނަރު ތަރައްޤީކުރަން ބޭނުންވެފައިވާ ޒުވާނުންނަށް ފަހި ގޮތެއްގައިި ފުރުޞަތު ހޯދައިދިނުމެވެ. އަދި ރަށުގައި ތިބެގެން މިހުނަރު ދަސްކުރުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.

ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 15ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 20 ގައެވެ. ކޯހުގެ ފީއަކީީ 750 ރުފިޔާއެވެ. އޮންލައިންކޮށްވެސް ކޯހަށް އެޕްލައި ކޮށްލެވޭނެއެވެެ. ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7427725 ނުވަތަ 9877854 އަށެެވެ.

0