މުޖުތަމަޢު
ޢާއިލާތެރޭގައި ހުރި ޚިލާފުތައް ދަރިންގެ ކުރިމަތީގައި ފާޅުނުކުރާށެވެ!

ގިނަ ބަޔަކު އެއްގެއެއްގެ ތެރޭގައި ދިރިއުޅޭއިރު އެއްވެސް ވައްތަރެއްގެ ދެބަސްވުމެއް  ނެތި ނުދާނެއެވެ. ޞުލްޙަވެރިވުމަކީ ރަނގަޅުގޮތެވެ. އަދި ޙައްޤަށް ރުޖޫޢަވުމަކީ ރިވެތި ޚުލާފެކެވެ. ނަމަވެސް ގޭގެ އެއްބައިވަންތަކަމަށް ގުޑުންއަރާ، ގޭގެ އެތެރޭގެ ބިނާއަށް ގެއްލުންވަނީ އެ މައްސަލަތައް ގޭގެ އަހުލުވެރިންގެ ކުރިމަތީ ފާޅުކުރުމުންނެވެ. ފަހެ، އޭރުން ޢާއިލާ ދެބަޔަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަށް ބައިވެގެންދެއެވެ. އަދި އެއްބައިވަންތަކަން ނެތިކޮށްލައެވެ.

އަދި މީގެ އިތުރުން ދަރިންނަށް ނަފްސާނީގޮތުން ނުރަނގަޅު އަޘަރުތައް ކުރެއެވެ. ޚާއްޞަކޮށް ކުޑަކުދިންނަށެވެ. ބައްޕަ ދަރިފުޅު ގާތުމަންމައާ ވާހަކަ ނުދައްކާށޭ ނުވަތަ މަންމަ ދަރިފުޅު ގާތު ބައްޕައާ ވާހަކަ ނުދައްކާށޭ ބުނާ ގެއެއްގެ ޙާލާމެދު ވިސްނާލައްވާށެވެ. ދަރިފުޅު ހުންނާނީ އޮޅުންބޮޅުންތަކެއްގެ ތެރޭގައި އެކުއްޖާގެ ނަފްސަށް ހަމަޖެހުމެއް ނުލިބިއެވެ. އަދި އެންމެންވެސް ދިރިއުޅެމުންދާނީ އުނދަގޫކަމުގެ ތެރޭގައެވެ. ފަހެ، އަޅުގަޑުމެން ޚިލާފުތަކާ ދުރުވާން ޖެހެއެވެ. އަދި އެފަދަ ކަމަކާ ކުރިމަތިވެއްޖެނަމަ އެކަން ފޮރުވުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.

އަޅުގަނޑުމެން ﷲ ތަޢާލާގެ ޙަޟްރަތުން އެދެނީ އަޅުގަނޑުމެންގެ ހިތްތަކުގައި ލޯތްބާއި އެއްބައިވަންތަކަން ލެއްވެމަށެވެ.

(އުއްމު ޢަބްދުﷲ ތަރުޖަމާކޮށްފައިވާ ‘ގެތައް އިޞްލާޙުކުރުމަށް 40’ ނަޞޭޙަތެއް މިފޮތުން)

0