ދީން
ޚުއްފުމަތީގައި ފެންފޮހުމަށް ކަނޑައެޅިގެންވާ މުއްދަތު

ޚުއްފުގައިފެންފޮހުމަށް މުޤީމަކަށް (ރަށުގައި ހުންނަމީހަކަށް) ކަނޑައެޅިގެންވާ މުއްދަތަކީ ރެއަކާއި ދުވާލެވެ. އަދި ދަތުރުވެރިޔަކަށް ތިންރޭ ތިންދުވާލެވެ. މާތްﷲ ރުއްސުންލެއްވި صفوان بن ع سال ގެކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އަހުރެމެން ވުޝޫކޮށްގެން ޚުއްފުލައްވާހިނދު ދަތުރެއްގައިވާނަމަ ތިންރޭ ތިންދުވާލު އަދި ރަށުގައިވާނަމަ ރެއަކާއި ދުވާލު  ޚުއްފުގައި ފެންފޮހުމަށާއި ޖުނުބުވެރިވެގެން މެނުވީ ޚުއްފު ނުބޭލުމަށް رسول الله صّلى الله عليه وسّلم އަހުރެމެންނަށް އަމުރުކުރެއްވިއެވެ.” )رواه الشافعي، وأحمد، وابن خزيمة، والترمذي، والنسائي (ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި މުއްދަތު ގުނަންފަށާނީ ވުޝޫކޮށްގެން ޚުއްފަލެއްވުމަށްފަހު  ވުޟޫގެއްލޭވަގުތުން ފެށިގެންނެވެ. އަދި ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި މުއްދަތު ގުނަންފަށާނީ ޚުއްފުގައި އެންމެފުރަތަމަ ފެންފޮހޭވަގުތުން ފެށިގެންނެވެ. ފަހެ ރާޖިޙްވެގެންވާ ގޮތަކީމިއެވެ.

0