ނަޞޭޙަތާއި އިރުޝާދު
ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރި އަޅެއްކަމުގެ އަލާމާތްތައް

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރި އަޅެއްކަމުގައި ވުމަކީ ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. ތިރީގައިއެވަނީ އެފަދަ އަޅެއްކަމުގެ އަލާމާތްތަކެވެ.

1- ގިނަގުނަ އަޅުކަންތައް އަދާ ކުރުމުގެ ތައުފީޤުލިބުން.

2- ނަބިއްޔާ ސުންނަތާއި އެއްގޮތަށް އަޅުކަންތައް އަދާކުރުމުގެ ތައުފީޤުލިބުން.

3- ހެޔޮލަފާ ޞާލިޙު އެކުވެރިންލިބުން.

4- ރިވެތި އަޚުލާޤެއްގެ އަހުލުވެރިއަކަށްވުމުގެ ތައުފީޤުލިބުން.

5- މީސްތަކުންނަށް އިޙްސާންތެރިވެ ހެޔޮފޯރުވުމުގެ ތައުފީޤުލިބުން.

6- މުސްލިމުންގެ ކަންކަމަށް އަހްމިއްޔަތުކަންދީ ހެދުން.

 

މަސްދަރު: ޝެއިޚް އަޙްމަދު ރިމާޟް/ފޭސްބުކް ޕޭޖް

0