ނަޞޭޙަތާއި އިރުޝާދު
ފަސްކަމެއްގެ ނަތީޖާ

رسول الله صّلى الله عليه وسّلم  ޙަދީޘްކުރައްވާ ފަސްކަމެއް ކުރުމުގެ ސަބަބުން މެދުވެރިވެދާނެ ކަމަށް ޙަދީޘް ކުރައްވާފައިވާ ނަތީޖާ ތިރީގައިއެވަނީއެވެ.

(1) ބައެއްގެ ތެރޭގައި ފާޙިޝްކަންތައް ފެތުރި ފާޅުގައި އެކަންތައް ކުރަން ފަށައިފިނަމަ، އެބައިމީހުންގެ ކުރީގެ މީހުންނަށް ކުރިމަތިވެފައިނުވާ ނުރައްކާތެރި ބޮޑެތި ބަލިތަކާއި ބަނޑުހައިހޫނުކަން އެބައިމީހުންގެ ތެރޭގައި ފެތުރިދާ ހުއްޓެވެ.

(2) މިނެކިރުމުގައި މީސްތަކުން މަކަރުހަދަން ފަށައިފިނަމަ، ތަދުމަޑުކަމާއި، ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމާއި، ވެރިންގެ އަނިޔާވެރިކަން އެބައިމީހުންގެ މައްޗަށް ވެރިވެދާ ހުއްޓެވެ.

(3) މީސްތަކުން އެބައިމީހުންގެ މުދަލުން ޒަކާތް ނުދޭން ފަށައިފިނަމަ، އުޑުން އެބައިމީހުންނަށް ވާރޭވެހުން ބަންދުވެލާ ހުއްޓެވެ. ފަހެ ޖަނަވާރުން ނުވާނަމަ އެންމެ ވާރޭކޮޅެއްވެސް ނުޖެހުނީހެވެ.

(4) ﷲއާއި އެކަލާނގެ ރަސޫލާގެ ޢަހުދު މީސްތަކުން އުވާލައިފި ކަމުގައި ވާނަމަ، އެހެން ބައެއްގެ ތެރެއިން ދުޝްމަނުންގެ ބަޔަކު އެބައިމީހުންގެ މައްޗަށް ވެރިކުރައްވާފައި ހުއްޓެވެ. ދެން އެމީހުން އެބައިމީހުންގެ މުދާތައް އަތުލައިގަނެފާނެތެވެ.

(5)މީސްތަކުންގެ ވެރިން ﷲގެ ޝަރީޢަތަށް ޙުކުމްކުރުން ދޫކޮށްލައިފިނަމަ، އެބައިމީހުންގެ ފަރާތުން މުޞީބާތްތައް މީސްތަކުންނަން ޖެހިދާހުއްޓެވެ. (ޞަޙީޙުލް ބުޚާރީ)

 

މަސްދަރު: ޝެއިޚް މުޙައްމަދު އިބްރާހީމް ނައިފަރު/ފޭސްބުކް ޕޭޖް

0