އިބުރަތްތެރި ވާހަކަ
ޙައިވާނެއް މަރުވާފަދައިން މަރުވި ޒުވާނާ

ދުނިޔޭގެ ކޮންމެވެސް ހިސާބެއްގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ޒުވާނެކެވެ. މިޒުވާނާއަކީ މިކާއިނާތް ހައްދަވައި ގެންގުޅުއްވާ އިލާހަކު ނުވާކަމަށް ޤަބޫލު ކުރާ ޒުވާނެކެވެ. މީނާއާއި އެކީ ކިޔަވަމުންދިޔަ ބައެއް ކުދިން މިކާއިނާތް ހައްދަވައި ގެންގުޅުއްވާ އިލާހަކު ވޮޑިގެންވާކަމަށް ދަލީލު ތަކުން މިޒުވާނާއަށް ސާބިތުކޮށްދެވޭތޯ ބަލަމުންދިޔައެވެ. ނަމަވެސް މިޒުވާނާ އެދަލީލުތައް ޤަބޫލު ނުކޮށް ރައްދު ކުރަމުން ދިޔައެވެ. އަދި އެންމެ ފަހުން ބުންޏެވެ. ” މި ކާއިނާތުގައި އިލާހަކު ވާކަމަށް އަހުރެން ޤަބޫލު ކުރާނީ، މި ވާހަކަ ދައްކާ ވަގުތުން ފެށިގެން އެއް ގަޑިއިރުގެ ތެރޭގައި އަހުރެންގެ ރޫޙު އަހުރެންނާ ވަކިވެއްޖެ ނަމަ…” އެވެ.

ކޮންމެ އަކަސް މި ޒުވާނާ ގެއަށް އައިސް މޫނު ދޮވެލަން ފާޚާނާއަށް ވަނެވެ. ފާޚާނާގައި އާދަޔާ ޚިލާފަށް ގިނައިރުވާތީ އެގޭގެ މީހުން ވަދެ ބަލާލިއިރު އޮތީ ބިންމައްޗަށް ވެއްޓިފައެވެ.

ހޮސްޕިޓަލަށް ގެންދިޔުމުން އެނގުނީ އެ ޒުވާނާ މަރުވެފައިވާކަމަށެވެ. އަދި މަރުވި ސަބަބެއް ކަމުގައި ޑޮކްޓަރުން ހާމަކުރެއްވީ، ޒުވާނާގެ ކަންފަތަށް ފެންފޮދެއް އެޅިގެން ކަމަށެވެ.

އަދި ބުނެވޭ ގޮތުގައި މިގޮތަށް ކަންފަތަށް ފެންފޮދެއް އެޅިގެން މަރުވަނީ ޢާއްމުކޮށް ޙައިވާނުންނެވެ. އެއިގެ ތެރެއިންވެސް ޙިމާރާއި އަސް ފަދަ ޖަނަވާރެވެ. ސުބްޙާނަﷲ އެވެ. ﷲ ވޮޑިގެންނުވާކަމަށް ގަދަ އަޅައި ޒުވާބު ކުރި މި ޒުވާނާގެ މަރު އައިސް އޭނާއާ ބައްދަލު ކުރީ އޭނާ މަރަށް އެދުނުތާ އެއްގަޑިއިރުގެ ތެރޭގައެވެ.

އޭ ބުއްދި ވެރިންނޭވެ. ޢިބުރަތް ލިބިގަންނާށެވެ.

(މިއީ ނޫރުލް އިސްލާމް ވެބްސައިޓުގައި

އައްޝައިޚް މުޙައްމަދު އަނީލް ލިޔުއްވާފައިވާ ލިޔުމެކެވެ.)

0