އިސްލާމީ ތާރީޚު
عيسى عليه السلام – 7

ޙާޚާމުންގެ އިސް މަޖިލީހުން ޢީސާ عليه السلام އާއި ދެކޮޅަށް ރޭވުމަށްޓަކައި ބައްދަލުވުމެއް ބޭއްވިއެވެ. އެރޭވުމުގެ ސަބަބުން އާފިޔަވައްސެއް ހުޅުވިގެން ދިޔައެވެ. ދެންފަހެ ޢީސާ عليه السلام ގެ ދަޢުވަތު ހުއްޓުވުމަށް އެބައިމީހުން ނުކުޅެދުނު ހިނދު އެކަލޭގެފާނު ޤަތުލު ކޮށްލުމަށް އެބައިމީހުން ރޭވިއެވެ. ޙާޚާމުންގެ ބޮޑުން އެއްބަސްވީ ޢީސާ عليه السلام ގެ ކިބައިން އެކީއެކައްޗަކަށް ސަލާމަތްވުމަށެވެ. އެބައިމީހުން އެއްބަސްވީ ޢީސާ عليه السلام ޞަލީބަށް އަރުވާ ޤަތުލުކޮށްލުމަށެވެ.

އިބްނުކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފްސީރުގައި ގެންނަވާފައިވެއެވެ. ﷲ ނަބިއްޔާ ޢީސާ عليه السلام އަށް އެޤައުމުގެ އެއްވެސް ރަށެއްގައި ދިރިނޫޅެވުމުގެ ސަބަބުން، އެކަލޭގެފާނުގެ މަންމާފުޅާއެކު އެއްރަށުން އަނެއްރަށަށް ހިޖުރަ ކުރައްވަމުން ގެންދެވިއެވެ. މިވަރުންވެސް ޔަހޫދީންގެ ހިތްތަކަށް ހަމަޖެހުން ނުލިބުމުން، އެބައިމީހުން ދިމިޝްޤުގައިހުރި ގުރީކު ރަސްގެފާނުގެ އަރިހަށް ދިޔައެވެ. މީނާއަކީ ތަރިތަކަށް އަޅުކަންކުރާ ކާފިރެކެވެ. މިބައިމީހުން ބުނިގޮތުގައި ބައިތުލް މަޤްދިސްގަޔާއި، އޫރުޝަލީމުގައި ބައިބައިވުންތަކާ ކޯޅުންތައް އުފައްދައި އަދި ރަސްގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންނުވާ މީހަކު އުޅެމުން އެބަދެއެވެ. ރަސްގެފާނު މިކަމާ ކޯފާވެ އޫރުޝަލީމުގެ ވާލީއަށް ސިޓީ އެއް ލިޔުނެވެ. އެ ސިޓީގައިވަނީ “މިދެކޮޅުވެރިކަމުގެ ވެރިޔާ ހައްޔަރުކޮށް ބައިބައިވުން ހުއްޓުވައި އޭނާގެ ބޮލުގައި ކަށީގެ ތާޖެއް އަޅުވާ ޞަލީބަށް އެރުވުމަށެވެ.” އޫރުޝަލީމުގައި ހުރި ވާލީއަށް، ރަސްގެފާނުގެ މި އަމުރުފުޅު ލިބުނު ހިނދު ބައެއް ޔަހޫދީންނާއެކު ލަޝްކަރީން ގޮވައިގެން ޢީސާ عليه السلام  ހުންނެވި ގެކޮޅުދޮށަށް ދިޔައެވެ.

 

=ނުނިމޭ=

ލިޔެ ޖަމާކުރީ:

ޢަބްދުﷲ ނަސީފް

އަަޙްމަދު ޙުސައިން

 

މައިގަނޑު މަޞްދަރު: البداية والنهاية لابن كثير

0