ޝަޚްޞިއްޔަތު
ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިލެއްވި 10 ބޭކަލުން
  1. އަބޫ ބަކުރު އައްޞިއްދީޤް رضي الله عنه
  2. ޢުމަރު ބުނުލް ޚައްޠާބް رضي الله عنه
  3. ޢުޘްމާނު ބުނު ޢައްފާން رضي الله عنه
  4. ޢަލީ ބުނު އަބީ ޠާލިބް رضي الله عنه
  5. އަބޫ ޢުބައިދާ ޢާމިރު ބުނު އަލްޖައްރާޙް رضي الله عنه
  6. ޢަބްދުއްރަޙްމާނު ބުނު ޢައުފް رضي الله عنه
  7. އައްޒުބައިރު ބުނުލް ޢައްވާމް رضي الله عنه
  8. ޠަލްޙާ ބުނު ޢުބައިދިﷲ رضي الله عنه
  9. ސަޢުދު ބުނު އަބީ ވައްޤާޞް رضي الله عنه
  10. ސަޢީދު ބުނު ޒައިދް رضي الله عنه

عَنْ عَبْدِ الرَّحْمَنِ بْنِ حُمَيْدٍ، عَنْ أَبِيهِ، أَنَّ سَعِيدَ بْنَ زَيْدٍ، حَدَّثَهُ فِي، نَفَرٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ عَشَرَةٌ فِي الْجَنَّةِ أَبُو بَكْرٍ فِي الْجَنَّةِ وَعُمَرُ فِي الْجَنَّةِ وَعُثْمَانُ وَعَلِيٌّ وَالزُّبَيْرُ وَطَلْحَةُ وَعَبْدُ الرَّحْمَنِ وَأَبُو عُبَيْدَةَ وَسَعْدُ بْنُ أَبِي وَقَّاصٍ ‏”‏ ‏.‏ قَالَ فَعَدَّ هَؤُلاَءِ التِّسْعَةَ وَسَكَتَ عَنِ الْعَاشِرِ فَقَالَ الْقَوْمُ نَنْشُدُكَ اللَّهَ يَا أَبَا الأَعْوَرِ مَنِ الْعَاشِرُ قَالَ نَشَدْتُمُونِي بِاللَّهِ أَبُو الأَعْوَرِ فِي الْجَنَّةِ . (سنن الترمذي )

އަބުދުއްރަޙްމާނު ބުނު ޙުމައިދުގެ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ސަޢީދު ބުނު ޒައިދު މީސްތަކުންގެ ބައެއްގެ ތެރޭގައި ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ. “10 ބޭކަލަކު ވަނީ ސުވަރުގޭގައެވެ. އަބޫ ބަކުރުގެފާނު ވަނީ ސުވަރުގޭގައެވެ. އަދި ޢުމަރުގެފާނު ވަނީ ސުވަރުގޭގައެވެ. އަދި ޢުޘްމާނުގެފާނާއި ޢަލީގެފާނާއި ޒައިދުގެފާނާއި ޠަލްޙަތުގެފާނާއި ޢަބްދުއްރަޙްމާނުގެފާނާއި އަބޫޢުބައިދަތުގެފާނާއި ސަޢްދު ބުނު އަބީ ވައްޤާޞް (ވަނީ ސުވަރުގޭގަ)އެވެ. (އަބުދުއްރަޙްމާނު ބުނު ޙުމައިދު ވިދާޅުވިއެވެ.) ބައްޕާފުޅު ވިދާޅުވިއެވެ. އިސްވެދިޔަ ނުވަ ބޭކަލުން ގެ ނަން ވިދާޅުވުމަށްފަހު ދިހަވަނަ ބޭކަލެއްގެ ނަން ވިދާޅުނުވެ ހަނު ހުންނެވިއެވެ. ދެން މީސްތަކުން ދެންނެވިއެވެ. ﷲއަށްޓަކައި އެނަން ބުނުމަށް އެދި އާދޭސް ދަންނަވަމެވެ. އޭ އަބުލް އަޢުވަރެވެ! ދިހަވަނައީ ކޮންބޭކަލެއްތޯއެވެ؟ ދެން ސަޢީދު ބުނު ޒައިދު ވިދާޅުވިއެވެ. “ތިޔަބައިމީހުން ﷲއަށްޓަކައި އެނަން ބުނެދިނުމަށް އެދި އާދޭސް ކުރާތީ ބުނަމެވެ. އަބުލް އަޢުވަރު (ސަޢީދު ބުނު ޒައިދު) ވަނީ ސުވަރުގޭގައެވެ.”

 

0