ނަޞޭޙަތާއި އިރުޝާދު
ބެލެނިވެރިންގެ ޗެކްލިސްޓު

☑ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ކުރުމަށް ދަރިފުޅަށް އިރުޝާދުދީ، އެކަމުގެ ނަމޫނާ ޢަމަލީގޮތުން ދައްކުވައިދެންތަ؟

☑ދަރިފުޅުގެ ކިބައިގައި ޤުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވޭތޯ މަސައްކަތްކުރަންތަ؟

☑ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށް ދަރިފުޅަށް ހަނދާންކޮށްދެންތަ؟

☑އާދަވެ ދަރިފުޅަށް ހެޔޮ ނަސޭޙަތް ދެންތަ؟

☑ސުކޫލުގެ ކިޔެވުމާއި ބެހޭގޮތުން އަހާ އޮޅުންފިލުވަންތަ؟

☑ދަރިފުޅު ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އެކަންކަމަށް ތަޢުރީފު ކުރަންތަ؟

☑ދަރިފުޅަށް ފޮތެއް ނުވަތަ ވާހަކައެއް ކިޔައިދިނުމަށް ކޮންމެ ދުވަހަކުވެސް 15 މިނިޓްވަރު ހޭދަކުރަންތަ؟

☑ދަރިފުޅަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން އެދި އާދަވެ ދުޢާކުރަންތަ؟

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީސެއްގައި ވެއެވެ. (ثلاث دعوات مستجابات لا شك فيهن: دعوة المظلوم، ودعوة المسافر، ودعوة الوالد على ولده) رواه أبو داود، والترمذي –
މާނަ : ”ތިން ދުޢާއެއް އިޖާބަވުމާއިމެދުގައި ޝައްކެއްނެތެވެ. (އެއީ) އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާއި ބައްޕަ ދަރިފުޅުގެ މައްޗަށްކުރާ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ. “

0