ނަޞޭޙަތާއި އިރުޝާދު
ވަރަށް ރުޅިގަދަތަ؟

އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. [ހަމަކަށަވަރުން އެއްފަހަރަކު ނަބިއްޔާﷲ ﷺ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ.

“އަޅުގަނޑަށް ވަޞިއްޔަތެއް ކޮށްދެއްވާށެވެ!”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާ ރުޅި ނާންނާށެވެ!”

ފަހެ، އެބޭކަލަކު ވަޞިއްޔަތެއް ކޮށދެއްވުމަށް ތަކުރާރުކޮށް ދެންނެވުމުންވެސް އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރައްވަމުން ގެންދެވިއެވެ. “ތިބާ ރުޅި ނާންނާށެވެ!] (ޞަޙީޙުލް ބުޚާރީ)

އަދިވެސް އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވާ އެހެން ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.‏ “لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ‏.‏”

“ބާރުގަދަމީހަކީ ހިފައިގަނެގެން އަނެކާ ބަލިކުރާމިހާއެއް ނޫނެވެ. އެހެނެއްކަމަކު، ބާރުގަދަމީހަކީ ރުޅިއަންނަހިނދު އެމީހެއްގެ އަމިއްލަ ނަފްސު މައިތިރިކުރާ މީހާއެވެ.” (ޞަޙީީޙުލް ބުޚާރީއާއި މުސްލިމް)

އެހެންކަމުން ރުޅިއަންނަ ހިނދު ތިބާގެ އަމިއްލަ ނަފްސު މައިތިރިކޮށް ކެތްތެރިކަން އިސްކުރާށެވެ! ރުޅިއިސްކުރުމުގެ ބަދަލުގައި މިގޮތް އިޚްތިޔާރުކުރެވިއްޖެނަމަ ތިބާގެ ޙަޔާތުގައި އެތައް ކަމެއް ފަސޭހަކަމާއެކު ހައްލުވާތަން ﷲގެ ހެޔޮ ރަޙްމަތާއިއެކު ތިބާ ދެކޭނެއެވެ. ނަބަވީ އިރުޝާދުގައި ހިފައި އެއަށް ޢަމަލުކުރާށެވެ!

 

0