މަގޭ ވެށި
ގިނަގިނައިން ޞަދަޤާތްކުރަންވީ 10 ސަބަބެއް

• ޞަދަޤާތްކުރުމުން ލިބޭ ޘަވާބު މާތްﷲ ގިނަގުނަކުރައްވަވައެވެ.

((مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِائَةُ حَبَّةٍ وَاللهُ يُضَاعِفُ لِمَنْ يَشَاءُ وَاللهُ وَاسِعٌ عَلِيمٌ)) (البقرة:261) މާނައީ: “ﷲގެ މަގުގައި، އެބައިމީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ، وَلَا يَقْبَلُ اللَّهُ إِلَّا الطَّيِّبَ، وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ))(6) މާނައީ: “ހެޔޮ ރަނގަޅުގޮތުގައި ހޯދާފައިވާ އެއްޗަކުން ކަދުރުއޮށެއްގެ މިންވަރު ޞަދަޤާތްކޮށްފިމީހާ (ދަންނާށެވެ!) ހެޔޮ ރަނގަޅު ތަކެތި މެނުވީ ﷲ ޤަބޫލުނުކުރައްވަތެވެ. އަދި ހަމަކަށަވަރުން ﷲ އެ އެއްޗެއް އެކަލާނގެ ކަނާއަތްޕުޅުން ޤަބޫލުކުރެއްވެވުމަށްފަހު، ތިޔައިގެ ތެރެއިން މީހަކު ކުޑަ އަހެއް ފަރުބަދައެއްހާވަރުވަންދެން ބަލަހައްޓާފަދައިން، އެކަލާނގެ އެމީހަކަށްޓަކައި އެ އެއްޗެއް ބަލަހައްޓަވައި ދެއްވައެވެ.”

• ޞަދަޤާތުގެ ދޮރުކޮޅުން ޤިޔާމަތްދުވަހުން ﷲގެ މަގުގައި ހޭދަކުރާ މީހާއަށް ގޮވާލެވޭނެއެވެ.

ނަބިއްޔާ ޙަދީޘްކުރެއްވިއެވެ.

((وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ بَابِ الصَّدَقَةِ)) متفق عليه މާނައީ: “އަދި ޞަދަޤާތުގެ އަހުލުވެރިންނަށް ގޮވާލެވޭނީ ޞަދަޤާތުގެ ދޮރުކޮޅުންނެވެ.”

• ޤިޔާމަތްދުވަހުގައި ޞަދަޤާތްދޭމީހާ ވާހުށީ ޞަދަޤާތުގެ ހިޔަލުގައެވެ.

” سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ ” متفق عليه ، رواه البخاري (2/144-174) ومسلم برقم 1712 ، وغيرهما .

މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ، ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”.

• ޞަދަޤާތްކުރުމުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ.

ﷲ ޞުބްހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(( إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ)) [2:271]

މާނައީ: “ޞަދަޤާތް ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅުކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަގާތްތައް ފަޤީރުންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން ބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުށްތަކުން ބައެއް އެކަލާނގެ ފުއްސަވާނެކަމެކެވެ. ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

عن معاذ بن جبل رضي الله عنه قال: قلت يا رسول الله أخبرني بعمل يدخلني الجنة ويباعدني عن النار؟ قال: لقد سألت عن عظيم وإنه ليسير على من يسره الله تعالى عليه: تعبد الله لاتشرك به شيئاً، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت، ثم قال: ألا أدلك على أبواب الخير؟ الصوم جنة، والصدقة تطفئ الخطيئة كما يطفئ الماء النار، وصلاة الرجل في جوف الليل، ثم تلا: تتجافى جنوبهم عن المضاجع حتى بلغ يعملون ثم قال: ألا أخبرك برأس الأمر وعموده وذروة سنامه؟ قلت: بلى يا رسول الله، قال: رأس الأمر الإسلام، وعموده الصلاة، وذروة سنامه الجهاد، ثم قال: ألا أخبرك بملاك ذلك كله؟ قلت: بلى يا رسول الله، فأخذ بلسانه، وقال: كفّ عليك هذا، قلت يا نبي الله وإنا لمؤاخذون بما نتكلم به؟ فقال ثكلتك أمك يا معاذ، وهل يكب الناس في النار على وجوههم أو قال: على مناخرهم إلا حصائد ألسنتهم”. (رواه الترمذي وقال: حديث حسن صحيح)

ޙަދީޘްގެ މާނަ – މާތް ﷲ ރުއްސުންލެއްވި معاذ بن جبل ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލާ صلى الله عليه وسلم ދެންނެވީމެވެ. ”އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ނަރަކައިން ދިންނަވައި، ސުވަރުގެ ވައްދަވާނެ ޢަމަލެއް ދަންނަވައިދެއްވާށެވެ.” ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ”ތި ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާއިބެހޭގޮތުންނެވެ. އެކަން ފަސޭހަކޮށްދެއްވައިފި މީހަކަށް ފަސޭހަވެގެންވެއެވެ. “މާތް ﷲ އާ އެހެންފަރާތެއް ބައިވެރިނުކޮށް އެއިލާހަށް އިޚުލާސްތެރިކަމާއެކު އަޅުކަންކުރާށެވެ. އަދި ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ޙައްޖުވާށެވެ.

ދެން އެކަލޭގެފާނު ވިދާޅުވިއެވެ.

ހެޔޮކަންކަމުގެ ދޮރާށިތައް ކަލޭގެފާނަށް ބުނެދެންހެއްޔެވެ؟ ރޯދަހިފުމަކީ އައްޑަނައެކެވެ. އަދި ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުގެ ސަބަބުން ކުށް ފާފަތައް ފުހެވިގެންދެއެވެ، އަދި ރޭގަނޑުގެ ތިންބައިން ފަހުބައިގައި ދަމު ނަމާދުކުރުމެވެ. ދެން ނަބިއްޔާ صلى الله عليه وسلم މި އާޔަތްތައް ކިޔަވާ ވިދާޅުވިއެވެ.

تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفاً وَطَمَعاً وَمِمَّا رَزَقْنَاهُمْ يُنفِقُونَ (16)

فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (17) [السجدة:19]، ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ޙަބަރުދެންހެއްޔެވެ؟ އެންމެ މުހިއްމު އަދި އެންމެ އިސް ކަމުގެ މަތިން އަދި އޭގެ ތަނބުތަކާއި ބެހޭގޮތުން އަދި އޭގެ ކުރިބޯއްޓާއިބެހޭގޮތުން ދެން ތިމަން ކަލޭގެފާނު ދެންނެވީމެވެ. އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ. ނަބިއްޔާ صلى الله عليه وسلم ވިދާޅުވިއެވެ. އެންމެ މުހިއްމު އަދި އެންމެ އިސް ކަމަކީ އިސްލާމްދީނެވެ.، އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދުކުރުމެވެ. ދެން ނަބިއްޔާ صلى الله عليه وسلم ވިދާޅުވިއެވެ. “ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ”. މުޢާޛް ދެންނެވިއެވެ. “އާދޭހެވެ”، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. “މިއެތި ހިފަހައްޓާށެވެ”، އެހިނދު މުޢާޛް ދެންނެވިއެވެ. “އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟”، ޙަދީޘް ކުރެއްވިއެވެ. “މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!”.

• ހިނގަހިނގާހުންނަ ޞަދަޤާތެއް ކޮށްފިނަމަ، ތިބާ މަރުވުމަށްފަހުވެސް އޭގެ ޘަވާބު ލިބިލިބި ހުންނާނެއެވެ.

]إِذَا مَاتَ الإنْسَانُ انْقَطَعَ عنه عَمَلُهُ إِلا مِنْ ثَلاثةٍ إلا من صَدَقَة جَارِيَة أوَعِلْم يُنْتَفَعُ بِهِ أوَوَلَد صَالِح يَدْعُو لَهُ [. رواه مسلم/1631 .

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އެހެންހުރިހާ ގޮތަކުން އޭނަގެ ޢަމަލުތައް ކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް (ފައިދާ ދެމިގެންވާ ވަޤްފެއް) ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށް ޓަކައި ހެޔޮދުޢާ ކުރާ ޞާލިޙް ދަރިއެއްމެނުވީއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ: عِلْمًا عَلَّمَهُ وَنَشَرَهُ، وَوَلَدًا صَالِحًا تَرَكَهُ، وَمُصْحَفًا وَرَّثَهُ، أَوْ مَسْجِدًا بَنَاهُ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ، أَوْ نَهْرًا أَجْرَاهُ، أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ، يَلْحَقُهُ مِنْ بَعْدِ مَوْتِهِ» [رواه ابن ماجه وحسنه الألباني]

މާނައީ: “ހެޔޮކަންތައްތަކާއި ޢަމަލުތަކުގެ ތެރެއިން މުއުމިނަކު މަރުވުމަށްފަހު އޭނާއަށް އޭގެ ފައިދާ ޙާޞިލުވާނެ ކަންތައްތަކަކީ، އޭނާ އުނގަންނައިދިން އަދި ފަތުރައިދިން ޢިލްމަކާއި، އޭނާ ދޫކޮށްފައިދާ ޞާލިޙް ދަރިއަކާއި، އޭނާ ވާރުތައިގެ ގޮތުގައި ދޫކޮށްފައިވާ ޤުރުއާން މުޞްހަފެއް ނުވަތަ އޭނާ ބިނާކުރި މިސްކިތެއް ނުވަތަ ދަތުރުވެރިންނަށް އޭނާ ބިނާކޮށްދިން ގެއެއް ނުވަތަ އޭނާ ހަދައިދިން ކޯރެއް ނުވަތަ އޭނާ ދުޅަހެޔޮކަމާއެކީ ދިރިހުރެ އޭނާގެ މުދަލުން ނެރުނު ޞަދަޤާތެކެވެ. (މިހުރިހާ ކަމެއްގެ ދަރުމަ) އޭނާ މަރުވުމުން އޭނާއާއި ހަމައަށް ފޯރާނެއެވެ.”

• ޞަދަޤާތްކުރުމުން ތިބާއަށް ދުނިޔެމަތީގައިވެސް އޭގެ ބަދަލު ލިބެއެވެ.

وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ ﴿٣٩﴾ އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.

• ޞަދަޤާތްކުރުމަކީ ތިބާގެ އީމާންކަމަށް ދަލީލުކޮށްދޭ ބުރުހާނެކެވެ.

عن أبي مالك الحارث بن عاصم الأشعري رضي الله عنه قال: قال رسول الله (صلى الله عليه وسلم) : “الطهور شطر الإيمان، والحمد لله تملأ الميزان، وسبحان الله والحمد لله تملآن أو تملأ بين السماء والأرض، والصلاة نور، والصدقة برهان، والصبر ضياء، والقرآن حجة لك أو عليك. كل الناس يغدو؛ فبائع نفسه، فمعتقها، أو موبقها”. (رواه مسلم)

ޙަދީޘްގެ މާނަ: ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަދި الحمد لله މި ކަލިމަ މީޒާން ފުރާލައެވެ. سبحان الله والحمد لله މި ދެ ކަލިމަ އުޑާއި ބިމާއިހާތަން ފުރާލައެވެ. ނަމާދަކީ ނޫރެކެވެ. އަދި ޞަދަޤާތްދިނުމަކީ އީމާންކަމުގެ ހެއްކެކެވެ. އަދި ކެތްތެރިކަމަކީ އަލިކަމެކެވެ. އަދި ޤުރުއާން ވާހުށީ ތިބާއަށްވާ ޙުއްޖަތަކަށެވެ. ނުވަތަ ތިބާއާއި ދެކޮޅަށްވާ ޙުއްޖަތަކަށެވެ. އެންމެހައި މީސްތަކުން ހެނދުނު ހެނދުނާއި އެމީހުންގެ މަސައްކަތާއިގެން ނުކުމެގެންދެއެވެ. ފަހެ އެ ނަފުސެއްގެ މައްޗަށް ހެޔޮ ޢަމަލުކުރުމުގެ ވިޔަފާރި ހިންގައިފިމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. ނުވަތަ އެނަފުސެއްގެ މައްޗަށް ނުބައި ޢަމަލުކުރުމުގެ ވިޔަފާރިހިންގައިފިމީހާ ފަހެ ހަލާކުވެގެންފިއެވެ.

عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال : ” ما من يوم يصبح العباد فيه إلا ملكان ينزلان فيقول أحدهما : اللهم أعط منفقا خلفاً ، ويقول الآخر : اللهم أعط ممسكاً تلفاً ”
رواه البخاري ( 1374 ) ومسلم ( 1010 ) .

ކޮންމެ ދުވަހެއްގައިމެ ދެމަލާއިކަތުން ފައިބާވަޑައިގަންނަވައެވެ. އަދި އެއްބޭކަލަކު ވިދާޅުވެއެވެ. “އޭﷲ! ހޭދަކުރާމީހާއަށް އޭގެ ބަދަލުދެއްވާނދޭވެ!” އަދި އަނެއްބޭކަލަކު ވިދާޅުވެއެވެ. “އޭﷲ! ހޭދަނުކޮށް ހިފަހައްޓާމީހާގެ މުދާ ހަލާކުކުރައްވާނދޭވެ!”
(مَا نَقَصَتْ صَدَقَةٌ مِنْ مَالٍ) أخرجه مسلم. މާނައީ: “ޞަދަޤާތުގެ ސަބަބުން މުދަލުން އެއްވެސް އެއްޗެއް އުނިވެގެން ނުދެއެވެ.”

• ޞަދަޤާތްކުރުމުން ބަލިތަކަށް ޝިފާލިބެއެވެ.

(دَاوُوا مَرْضَاكُمْ بِالصَّدَقَةِ) أخرجه البيهقي وحسنه الألباني. މާނައީ: “ޞަދަޤާތުން ތިޔަބައިމީހުންގެ ބަލިމީހުންނަށް ފަރުވާދޭށެވެ.”

• ޞަދަޤާތްކުރުމަކީ، ﷲ ގެ އިޛުނަފުޅާއެކު މުޞީބާތްތަކާއި ދަތިކަން ފިލުވައިދޭ ކަމެކެވެ.

އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.

“މުޞީބާތްތަކުގެ އެކި ވައްތަރުތައް އެއްކިބާކޮށްދިނުމުގައި ޞަދަޤާތުގެ ވަރަށް އަޖައިބުކުރަނިވި އަސަރެއްވެއެވެ. އެއީ ފާޖިރެއް ނުވަތަ އަނިޔާވެރިއެއްކަމުގައިވިޔަސް މެއެވެ. އަދި ކިއެއް ހެއްޔެވެ. ކާފިރެއްކަމުގައިވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އޭނާގެ ކިބައިން އެކި ވައްތަރުގެ މުޞީބާތް އެއްކިބާކޮށްދެއްވައެވެ. މިއީ އެންމެންވެސް ވަރަށް ރަނގަޅަށް ދަންނަކަމެކެވެ. މިކަމަށް މިބިމުގައިވާ އެންމެންވެސް އިޤުރާރުވާނެއެވެ. އެހެނީ މިއީ އެބައިމީހުން ތަޖުރިބާކޮށްފައިވާނޭ ކަމެކެވެ.”

• ޞަދަޤާތްކުރުމަކީ މުދަލުގައި ބަރަކާތްލެއްވި، ރިޒުޤު އިތުރުވެގެން ދިޔުމުގެ ސަބަބަކެވެ.

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ ‏”‏‏ صحيح البخاري 5073 / صحيح المسلم – މާނަ: “އޭ އާދަމުގެ ދަރިޔާއެވެ. ތިބާ މުދަލުން ހޭދަކުރާށެވެ. އޭރުން ތިމަންއިލާހު ތިބާއަށް ހޭދަކުރައްވާހުށީމެވެ.


މަޞްދަރުތައް:
رياض الصالحين
الوابل الصيب
https://dhisalafiyyah.net/article/31487 https://dhisalafiyyah.net/article/25249

0