ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ﷲ އިންސާނުންނަށް ދެއްވި މާތްކަމާއި ޝަރަފުވެރިކަން އަދި އަލުން ދިރުއްވައި ހިސާބު ބެއްލެވުމަށްފަހު ޖަޒާދެއްވަވާނެކަން
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
•
ވައްތީނި, ޒައިތޫން, ޠޫރު ސީނާ އަދި މައްކާގެ ބިމުގެ މަތިވެރިކަން ހާމަކޮށްދެއްވުމަށް ﷲ ހުވާކުރެއްވެވުން.
• سورة التّين ގައި ވައްތީންޏާއި, ޒައިތޫންޏާއި, ޠޫރުސީނާ އާއި މައްކާ ގަންދެއްވާ ﷲ ހުވާކުރައްވާ އަންގަވާފައިވާ ވާހަކައަކީ އެކަލާނގެ އެންމެ ރީތި ބުރު ޞޫރާގައި އިންސާނާ ޚަލްޤުކުރެއްވި ވާހަކައެވެ.
• أَسْفَلَ سَافِلِينَ މި ޢިބާރާތުން ދޭހަވަނީ ނަރަކައިގެ އެންމެ އަޑިއެވެ.
• سورة التّين ގެ 6 ވަނަ އާޔަތުގައި އައިސްފައިވާ ސުވަރުގެވަންތަ ވެރީންގެ ވާހަކައިން ހެޔޮ ޢަމަލު ގިނަކުރުމަށް ހިތްވަރު ލިބެއެވެ.
• فَمَا يُكَذِّبُكَ بَعْدُ بِالدِّينِ މި އާޔަތުން ދޭހަވާ މާނައަކީ ﷲގެ ކުޅަދުންވަންތަކަމުން އިންސާނާ އެންމެ ރީތި ބުރުޞޫރާގައި ޚަލްޤުކުރެއްވުމަށްފަހު, ޤިޔާޔަތް ދުވަހުން މުއުމިނުންނާއި ކާފަރުންނަށް ލިބޭ ފަހުގެ ޖަޒާ އަޑުއެހުމަށްފަހު, ކަލޭގެފާނު صلى الله عليه وسلم ދޮގުކުރާނީ ވަރަށް އަނިޔާވެރި ބޮޑާ މީހެއްނޫނީ ފަހެ ކާކުހެއްޔެވެ.
• أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ މި އާޔަތުން ސޫރަތް ނިންމަވާފައިވަނީ ﷲގެ ޢަދުލުވެރިކަމުގައި މުއުމިނުންނާއި ކާފިރުން ހަމަހަމަ ނުވާނެކަން ހާމަކުރައްވަމުންނެވެ.
أحكم الحاكمين އަނެއް މާނައަކީ އެންމެ ޙިކްމަތްތެރިވަންތަ ރަސްކަލާނގެއެވެ. އެހެންކަމުން އެކަލާނގެ ތަދްބީރު ކުރައްވާ ކޮންމެ ކަމެއްގައިވެސް މަތިވެރި ޙިކްމަތެއް ވާނެކަން ޤަބޫލުކުރަންޖެހެއެވެ.
Like blossoms of Quran fb page:
https://m.facebook.com/Blossoms-of-Quran-256376814910160/
ރަނގަޅު. ……