- ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ޤިޔާމަތްދުވަހުން ތަޤްވާވެރީންނަށް ޖަޒާދެއްވާނެގޮތާއި ކާފިރުންނަށް ޖަޒާދެއްވާނެގޮތުގެ ހަނދާންކޮށްދިނުމެއް
ސޫރަތުގައިވާ މުހިއްމު ނުކުތާތައް
1. ކާފަރުންނަށްހުރި ޢަޒާބުގެ ވާހަކަ ބަޔާންވެފައިވެއެވެ. (2 ވަނަ އާޔަތުން 7 ވަނަ އާޔަތަށް)
2. ތަޤްވާވެރިވީމީހުންނަށް ހުރި ހެޔޮ ޖަޒާ ގެ ވާހަކަ ބަޔާންވެފައިވެއެވެ. (8 ވަނަ އާޔަތުން 16ވަނަ އާޔަތަށް)
3. މާތް ﷲ ގެ ކުޅަދުންވަންތަވެރިކަން ބަޔާންކުރައްވަފައިވެއެވެ. (17 ވަނަ އާޔަތުން 20ވަނަ އާޔަތަށް)
4. އާޚިރަތްދުވަހުގެ މަތިން ހަނދާންކޮށްދީފައިވެއެވެ. (21 ވަނަ އާޔަތުން 26ވަނަ އާޔަތަށް)
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
1. އެއްވެސް މީހަކަށް އަނެކާގެ ޤަބޫލުކުރުންތަކާއި، އިޙްސާސްތައް ކޮންޓްރޯލް ނުކުރެވޭނެއެވެ.
2. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކޮންމެ ހުކުރު ދުވަހެއްގައި سورة الأعلى އާއި سورة الغاشية ކިޔަވާވިދާޅުވެލައްވައެވެ.
3. ސުވަރުގޭގައި ބޭކާރު ވާހަކަތަކުގެ އަޑެއް ނީވޭނެއެވެ.
4. أتى އަދި جاء މި ދެކަލިމައިގެ ތަފާތު މި ސޫރަތުންވެސް އެނގިގެންދެއެވެ. أتى މި ލަފުޒު ބޭނުންކުރަނީ ފަސޭހަކަމާއެކު އެއްޗެއް އަންނަ އައުމަށެވެ.
جاء މި ލަފުޒު ބޭނުންކުރަނީ އުނދަގޫ ކަމާއެކު އެއްޗެއް އަންނަ އައުމަށެވެ.
فَإِذَا جَاءَتِ الصَّاخَّةُ
ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ.
[80:33]
هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ﴿١﴾
ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
[88:1]
މި ދެއާޔަތާއިމެދު ވިސްނާލާއިރު ފުރަތަމަ އާޔަތުގައި އެވަނީ ޤިޔާމަތުގެ ކުރިން އުނދަގޫކަމާއި ގަދަފަދަ ކަމާއެކު އަންނަ އަޑެއްގެ ވާހަކައެވެ. އެހެންވެ މި އާޔަތުގައި އައިސްފައިވަނީ جاء މި ލަފުޒެވެ.
ދެވަނަ އާޔަތުގައި އެވަނީ ޤިޔާމަތުގެ ވާހަކަ އިތުރުއެކަލޭގެފާނާއި ހަމައަށް އައިސްފައިވޭހެއްޔެވެ؟ ޙަބަރު ނުވަތަ ވާހަކަ އަންނާނީ ފަސޭހަކަމާއެކުގައެވެ. އެހެންވެ މި އާޔަތުގައި އައިސްފައިވަނީ أتى މި ލަފުޒެވެ.
ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާ ތަކެއް ގެނެސްދޭ މި ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާކުދިންނަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء ﷲ
و الله ولي التوفيق .
ޤުރުއާން ހިފުޒުކުރުމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.facebook.com/Blossoms-of-Quran-256376814910160/ ޒިޔާރަތްކޮށްލައްވާށެވެ.