- “الأذان” ބަންގި
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ , أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ , أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ
حَيَّ عَلَى الصَّلاَةِ , حَيَّ عَلَى الصَّلاَةِ
حَيَّ عَلَى الْفَلاَحِ , حَيَّ عَلَى الْفَلاَحِ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
لاَ إِلَهَ إِلاّ اللّهُ
ދެންފަހެ ފަތިސްނަމާދުގެ ބަންގީގައިނަމަ حَيَّ عَلَى الْفَلاَحِ ދެފަހަރު ކިޔުމަށްފަހު الصَّلاَةُ خَيْرٌ مِنَ النَّوْمِ (ނިދުމަށްވުރެ ނަމާދު ހެޔޮވެގެންވެއެވެ.) ދެފަހަރުކިއުން ޝަރުޢުވެގެންވެއެވެ.
- ބަންގީގެ ކަލިމަތަކުގެ މާނަ
اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.)
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.)
أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ ( މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.)
حَيَّ عَلَى الصَّلاَةِ ( ނަމާދަށް އަވަހަށް އަންނާށެވެ.)
حَيَّ عَلَى الْفَلاَحِ ( ފަލާހާ ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.)
اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.)
لاَ إِلَهَ إِلاّ اللّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ.)
- ޤަމަތް
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ
حَيَّ عَلَى الصَّلاَةِ
حَيَّ عَلَى الْفَلاَحِ
قَدْ قَامَتِ الصَّلاَةِ , قَدْ قَامَتِ الصَّلاَةِ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
لاَ إِلَهَ إِلاّ اللّهُ
- ބަންގީގެ ޛިކުރު
حَيَّ عَلَى الصَّلاَةِ އަދި حَيَّ عَلَى الْفَلاَحِ މި ދެ ކަލިމަ ފިޔަވައި ދެންހުރި ހުރިހާ ކަލިމައެއް ބަންގިދޭމީހާ ކިޔާގޮތަށް ކިޔާށެވެ. މި ދެ ކަލިމައިގެ ބަދަލުގައި لاَ حَوْلَ ولاَ قُوَّةَ إِلاَّبِاللهِ
( ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އަދި ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް ﷲ ގެ ޙަޟުރަތުންމެނުވީ ނުވެއެވެ.) ކިޔާށެވެ.
وَأَناَ أشْهَدُ أَن لاَّ إِلَه إلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ , رَضِيْتُ بِاللهِ رَبَّا , وَبِمُحَمَّدٍ رَسُوْلاً , وَبِالإِسْلاَمِ دِيْناً
ބަންގިދޭ މީހާގެ ބަންގިއަށް ޖަވާބުދީ ނިމުމަށްފަހު رسول الله ﷺ ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ.
اَللَّهُمَّ رَبَّ هذِهِ الدَّعْوَةِ التَّامَّةِ , والصَّلاَةِ الْقَائِمَةِ , وَبْعَثْهُ مَقَاماً مَحْمُوْدًا الَّذِيْ وَعَدْتَهُ , { إِنَّكَ لاَ تُخْلِفُ الْمِيْعاَدَ{
މާނައީ: “އޭ މިފުރިހަމަ ގޮވާލުމާއި، މި ޤާއިމުވާ ނަމާދުގެ ވެރިރަސްކަލާކޮ! މުޙައްމަދުގެފާނަށް ވަސީލަތާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަﷲ އެކަލޭގެފާނަށް ވަޢުދުކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ! ]ހަމަކަށަވަރުން އިބަﷲ ވަޢުދާ ޚިލާފުވެވޮޑިނުގަންނަވައެވެ.
” ބަންގިއާއި ޤަމަތާ ދޭތެރޭގައި އަމިއްލަ ނަފްސަށް ދުޢާކުރާށެވެ. ހަމަކަށަވަރުން އެ ވަގުތުގައި ކުރާދުޢާ (އިޖާބަނުކޮށް) އަނބުރައި ފޮނުވައި ނުލެވޭނެތެވެ.”
(ނުނިމޭ)